ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ހަބަރު
28 Aug 2022 | 23:13
ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިޔާގެ ނުފޫޒު އިމެއްނެތި އޮތުން: ޝިޔާމް



ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިޔާގެ ނުފޫޒު އިމެއް، މިނެއްނެތި އޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންނެވުމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ‏ދިވެހިރާއްޖޭގެ މިނިވަންކަމާ ޤައުމީ ސަލާމަތަށް މިއަދުއޮތް އެންމެބޮޑު ނުރައްކަލަކީ މި ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިޔާގެ ނުފޫޒު އިމެއް އަދި މިނެއްނެތި ވަދެފައިވާ މިންވަރުކަމަށެވެ. އަދި އެކަމާމެދު ބަހެއްބުނަން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރު ނުކުޅެދި ހުރިހާގޮތަކުން ކަސްތޮޅު އެޅިފައިވާ މިންވަރު ކަމަށްވެސް ވިދާޅުވިއެވެ. 

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއްވީ އިއްޔެ އެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެން ވަޑައިގެންފައި ވަނިކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް، ޝާހިދުވެސް އިންޑިއާއަށް ވަޑައިގަންނެވުމަށް ވަނީ ހަމަޖެހިފައެވެ. 

އދ. އިން ބުނެފައިވާ ގޮތުގައި ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރު އަދި ފޮރިން ސެކެޓްރީ ވިނޭ ކްވަޓްރާ އާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ. ގެ އާންމު މަޖިލީހުގައި ހިނގަމުންދާ ބައެއް މައްސަލަތަކާއި ގުޅޭ މަޝްވަރާތައް ޝާހިދު އެބޭފުޅުންނާއި ކުރައްވާނެ ކަމަށްވެސް އދ. އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.