އެއް ޖިންސުން ގުޅުން ހިންގާމީހުން މެރުމަށް ގޮވާާލާ ދީފައިވާ އިންޒާރުގެ ނޯޓިސް---ފޮޓޯ: ވޮއިސް
ހަބަރު
30 Aug 2022 | 06:43
އެއް ޖިންސުން ގުޅުން ހިންގާ މީހުން މެރުމަށް ގޮވާލާ އިންޒާރުގެ ނޯޓިސްއެއް

އެއް ޖިންސުން ގުޅުން ހިންގާ މީހުން މަރާލުމަށް ގޮވާލާ އިންޒާރުގެ ލިޔުމެއް ހުޅުމާލެ ފިހާރައެއްގައި ހަރުކޮށްފިއެވެ.

މި ލިޔުން "ވޮއިސް" ގެ ނޫސްވެރިއަކަށް ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 

ހުޅުމާލެގައި ޗެޕްސް ފިހާރައިން ހިނގާ ބްރޭންޑް އެމް ނަމަކަށް ކިޔާ ފިހާރައިގެ ދޮރުގައި ހިއްޕާައިވާ ލިޔުމުގައި ވަނީ އިސްލާމް ދީނާއި  ދިވެހިރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ޖާގަނެތް ކަމާއި, ހުރިހާ ލިވާތީން މަރާލުމަށެވެ. 

މި މައްސަލާގައި ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއްނުވެއެވެ.

މިފަދަ އިންޒާރެއް ލިބިފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގުމާއި, ހާމަކަން ބޮޑުކޮށް މީސްމީޑީއާގައި ބަރަހަނާވާ މައްސަލަތައް ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން މިފަދަ މައްސަލަތައް ބެލުމުގައި އިހުމާލުވެ, މިފަދަ އަމަލު ކުރާ މީހުނާ މެދު ފިޔަވަޅު ނާޅާ ދޫކޮށްފައި ވުމުން ގިނަ ރައްޔިތުން މިހާރު ވެސް ފުލުުހުންނާއި ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އެގޮތުން ނަބީލް (ޔާޔާ) ބިރަކާ ނުލައި ބަރަހަނާވެ ވީޑީއޯ އަޕްލޯޑު ކުރާ މައްސަލާގައި އެއްވެސް ފިޔަވަޅެއް މިހާތަނަށް ފުލުހުން އަޅާފައި ނުވާ އިރު, ސަރުކާރުގެ އިސްވެރިންނާއި ނުފޫޒު ގަދަ އެތައް ބައެއް ހިމެނޭހެން ލީކުވެފައިވާ އެއް ޖިންސުން ގުޅުން ހިނގާ މައްސަލާގައި ހައްޔަރު ކުރެވުނު އެންމެން ވަނީ މިނިވަން ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.