ސީޕީ ހަމީދު ރައީސް ސޯލިހުއާއި ސަލާންކުރައްވަނީ
ހަބަރު
01 Sep 2022 | 11:32
މި ސަރުކާރުން ފުލުހުންގެ ޚިދުމަށް ހޯދާދިން ކާމިޔާބީތައް ރަން އަކުރުން ފަވާލަން ޖެހޭ: ސީޕީ

މި ސަރުކާރުން ފުލުހުންގެ ޚިދުމަށް ހޯދައިދިން ކާމިޔާބީތަކަކީ ރަން އަކުރުން ފަވާލަން ޖެހޭ ފަދަ ކާމިޔާބީތަކެއްކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. 

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

އެގޮތުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވާކަމަށެވެ. 

އޭގެ ތެރޭގައި ފުލުހުންނާއި މެދު ހުށައެޅޭ ޝަކުވާތައް ބަލައި އެ މައްސަލަތައް ހައްލުކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ގޮތަށް ދިނުމަށް މިސްރާބު ބަދަލުކުރުމަށް ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް އެކުލަވާލެވިފައިވުމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ. 

ސީޕީ ހަމީދު ވިދާޅުވިގޮތުގައި މިހާރު ފުލުހުންގެ ޚިދުމަތުން އަމާޒު ހިފާފައި ހުރީ ފަންނީ ގޮތުންނާއި އުމްރާނީ ގޮތުން ފުލުހުންގެ ޚިދުމަތް ކުރިއަރާ ދާއިރު، ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުންގެ ޚިދުމަތުގެ މަންފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ. އަދި ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކޮށް، ރައްކާތެރިކަން އިހުސާސް ކުރެވޭ ވެއްޓެއް ހޯދާދިނުމަށެވެ. 

އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަމުންދާކަންވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. 

ފުލުހުންގެ އާ ގާނޫނުގެ ދަށުން މުޖުތަމައަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މާލެއާއި އަތޮޅުތަކުގައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއަށް "އަވައްޓެރި ފުލުހުން"ގެ ޚިދުމަތް ދޭން ފެށުމަށް ބޭނުންވާ ތަމްރީނުތައް ފުލުހުންގެ ޚިދުމަތުގެ މަރުކަޒުތައް ގާއިމުވެފައިހުރި ތަންތަނުގައި ތިބި ފުލުހުންނަށް ދެވިފައިވާ ވާކަމަށާއި، ބައެއް އަތޮޅުތަކުގައި އެ ޚިދުމަތް ފެށިގެން ދިއުމަކީވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ތައުލީމާއި ތަމްރީނުތައް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރަނގަޅު ފެންވަރަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ އެތައް ފުލުހުންނެއް އުފެއްދިފައިވާކަމަށާއި، ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތަކުގެ ނަތީޖާތައް އެ މީހުންގެ މަސައްކަތުން ފެންނަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިހާރު ފުލުހުންނަށް ޒަމާނީ ތައުލީމާއި ތަމްރީނުތައް ދިނުމަށް އައްޑޫ ސިޓީގައި ކޮލެޖެއް ބިނާކުރެވިފައިވާކަމާއި އެއީ، އެޚިދުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތަށް ހެދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދި ކާމިޔާބީތަކަކީ ރަން އަކުރުން ފަވާލެވިގެންދާނެ ކާމިޔާބީތަކެއްކަމަށެވެ. 

"ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތަކަށް ހެދުމަށްޓަކައި ދިވެހި ސަރުކާރުން އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހާސިލްކުރަމުން ގެންދާ ކުރިއެރުންތަކާއި، ނަތީޖާތަކަކީ ފަހުގެ ތާރީހެއްގައި ރަން އަކުރުން ފަވާލެވޭނެފަދަ ކާމިޔާބީތަކެއް" ސީޕީ ވިދާޅުވިއެވެ. 

މި ސަރުކާރުން ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ސީޕީ ހަމީދު ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއަށް ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން، މި ޚިދުމަތް ފުޅާކުރުމަށް ހޯމް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަށްޓަކައި ސީޕީގެ ވާހަކައިގައިވަނީ ހޯމް މިނިސްޓަރ އިމްރާނު އަބްދުﷲ އަށާއި، ހީވާގިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންދާ ފުލުހުންގެ ޚިދުމަތުގެ އޮފިޝަލުންނަށްވެސް ސީޕީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.