ރިޕޯޓް
02 Apr 2022 | 12:06
މުޅި ސޯޝަލް މީޑިއާ ސަލްމާނު މިސްކިތުން ފުރާލައިފި

މި ދެ ދުވަހު ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމަކަށް ވަތް ކަމުގައި ވީނަމަވެސް ފެނިގެންދަނީ ކިންގް ސަލްމާނު މިސްކިތުގެ ފޮޓޯއަކާއި ވީޑިއޯތަކެވެ.

ރޯދަމަހުގެ ހެޔޮ އެދުމާއި ތަހުނިޔާކިޔުމަށްވެސް ފޮނުވާލާފައި ހުންނަނީ ސަލްމާނު މިސްކިތުގެ މުންނާރުގެ ފޮޓޮއެވެ. ބަލާލަން ހިތްގައުމުވީމާ އެކަންޏެއް ނޫނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހެދުނު އެފަދަ ދެވަނައެއް ނުވާ ބިނާއަކަށް ވީތީމައެވެ. އަދި ކިންގް ސަލްމާނު މިސްކިތް ހުޅުވާ، އެތަނުގައި ނަމާދުކުރުމަށް ކެތް މަދުވެފައި ތިބި އެތައް ބައެއްގެ ދިގު އިންތިޒާރަށް ނިމުން އައިސް، މިސްކިތް ބަލާލުމުގެ ފުރުސަތު ފަހިވީމައެވެ.

ފޮޓޯ ނަގާމީހުން ތަނުގެ ފޮޓޯ ނަގާ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދަނީ އެއީ ވަރަށް ބޮޑު ފަޚުރެއްކަމުގައި ދެކިގެންނެވެ. ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރަމުން ލިޔެފައި އިން އިބާރާތްކޮޅެއްގައިވެއެވެ.

"މިއީ ފަސްތަރީގެ ހޮޓަލެއް ނޫން މިއީ ރައީސް ޔާމީން އަޅުއްވާދެއްވި ކިންގ ސަލްމާނު މިސްކިތް"

އެއާއެކު އޭނާ ވަނީ އެފަދަ ބިނާއެއް ރާއްޖޭގައި އަޅުއްވާދެއްވިކަމަށްޓަކައި ރައީސް ޔާމީންއަށް ޝުކުރު އަދާކޮށްފައެވެ. ސަލްމާނު މިސްކިތުގެ ފޮޓޯތައް ހިއްސާކުރި ހަމަ ގިނަ މީހުން މިފަދައިން ރައީސް ޔާމީންއަށް ޝުކުރު އަދާކޮށްފައި ވަނިކޮށް ފެނެއެވެ.

އެ މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ. ސައުދީ ސަރުކާރުން އެ މިސްކިތް އިމާރާތް ކުރުމަށް 14.5 މިލިއަން ޑޮލަރު ދީފައިވެއެވެ. ބާކީ ފައިސާ ހަރަދު ކޮށްފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

އެ މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 4،000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މީގެއިތުރުން 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއަކާއި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއްވެސް އެ މިސްކިތުގައި ހުރެއެވެ.

މިފެށޭ ١٤٤٣ ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި މުބާރަކްބާދީ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. އަދި ރަމަޟާން މަހުގެ ހެޔޮދަރުމަ އާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ދެއްވާންދޭވެ! آمين

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ