އެމްޓީސީސީގެ ވެހިކަލްތަކެއް.. ފޮޓޯ: އެމްޓީސީސީ
ހަބަރު
02 Aug 2025 | 16:21
ގެއްލުމަކަށްފަހު، ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާވެއްޖެ

ފުރަތަމަ ކުއާޓަރުގައި ގެއްލުމަކަށްފަހު، ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 27.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ނެރެފައިވާ ދެވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި އެކުންފުންޏަށް ވަނީ 490 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މި ކުއާޓަރުގައި ވިއްކުމަށް ކުރި ހަރަދުތަކަށް 417.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ފައިދާ އުޅެނީ 72.7 މިލިއަން ރުފިޔާގައެވެ.

ދެވަނަ ކުއާޓަރުގައި ވިޔަފާރި ހިންގައިގެން ލިބުނު ލިބުނު ފައިދާ 49.7 މިލިއަން ރުފިޔާގައި އުޅޭއިރު، ޓެކްސްއަށް ކަނޑުމުގެ ކުރިން ފައިދާ އުޅެނީ 32.9 މިލިއަން ރުފިޔާގައެވެ. އެމްޓީސީސީއަށް ދެވަނަ ކުއާޓަރުގައި 27.9 މިލިއަން ރުފިޔާ ލިބުނުއިރު، ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ 19.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

ދެވަނަ ކުއާޓަރ ނިމުނުއިރު އެމްޓީސީސީން 313 މަޝްރޫޢުއެއް ކުރިއަށްގެންދިޔައިރު އޭގެތެރެއިން 9 މަޝްރޫޢުއެއްގެ މަސައްކަތް ނިންމައި، 64 މަޝްރޫޢުއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. ދެވަނަ ކުއާޓަރުގައި އެމްޓިސީސީއަށް 35 މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތްތަކުގެ ޖުމްލަ އަގު 1.42 ބިލިއަން ރުފިޔާއަށް އަރައެވެ.

ދެވަނަ ކުއާޓަރ ނިމުނުއިރު އެމްޓީސީސީގައި މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު 4،130 އަށް އަރާއިރު، މީގެ ތެރެއިން ދިވެހި މުއައްޒަފުންގެ އަދަދަކީ 2،463 އެވެ. އަދި ބިދޭސީ މުއައްޒަފުންގެ އަދަދަކީ 1،667 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.