އުއްތަމަފަނޑިޔާރު ކަަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން --
ހަބަރު
02 Aug 2025 | 20:49
އުއްތަމަފަނޑިޔާރަކު އައްޔަނުކުރުން: ލިސްޓްގެ ކުރީގައި ޣަނީއާ އަބްދުﷲ

އުއްތަމަފަނޑިޔާރުގެ މަގާމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަރުތީބުކޮށް ރައީސަށް ލަފާ އަރުވަން ތައްޔާރުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި އަހުމަދު މުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ. 

ޖޭއެސްސީން ބުނި ގޮތުގައި އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ;

* އަބްދުﷲ މުހައްމަދު - ފެމެލީ ކޯޓްގެ ގާޒީ, ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ

* ޝުޖާއު އުސްމާން - ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު

* އަބްދުލްޣަނީ މުހައްމަދު - ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު

ޖޭއެސްސީން މިހާރު ވަނީ އެ ބޭފުޅުންގެ ނަންތައް ތަރުތީބު ކޮށްފަަ އެވެ. އެނގިފައިވާ ގޮތުގައި ލިސްޓްގައި އިސްކަން ދީފައި އޮތީ އަބްދުލްޣަނީ މުހައްމަދަށެވެ. ދެން އަބްދުﷲ މުހައްމަދަށެވެ.

ނަމަވެސް ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ލިސްޓް ތަރުތީބުކޮށް މަޖިލީހަށް ފޮނުވާނެ އެވެ.

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާތަނަށް ދެމި ހުންނެވީ ފެމެލީ ކޯޓްގެ ފަނޑިޔާރު އަބްދުﷲ މުހައްމަދު އެވެ. ޝުޖާއު އުސްމާން މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އެވެ. އެއީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ޝުޖާއު ވަކިކުރެއްވުމަށް ޖޭއެސްސީން މައްސަލަ ފޮނުވުމުންނެވެ. އިސްތިއުފާ ނުދެއްވި ނަމަ މަޖިލީހުން އޭނާ ވަކި ކުރައްވާނެ އެެވެ. ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރެއްވީ 2019 ވަނަ އަހަރު އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމްއަކީ ރާއްޖޭގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުއުތަސިމް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމުގެ ޒިންމާ ފަނޑިޔާރު އަބްދުالله ހަމީދުއާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށ
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.