އުރީދޫއިން އެމްބެސެޑަރުންނާއެކު ކުޅުނު މެޗްތަކުގެ ތެރެއިން.. ފޮޓޯ: އުރީދޫ މޯލްޑިވްސް
ހަބަރު
02 Aug 2025 | 12:33
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެމްބެސެޑަރުންނާއެކު ހާއްސަ މެޗްތަކެއް ކުޅެފި

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންނާއެކު، އެކުވެރިކަމުގެ ހާއްސަ މެޗްތަކެއް ކުޅެފިއެވެ.

މެޗްތަކުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ޓާފްދަނޑުގައެވެ. ފުރަތަމަ މެޗްގައި އުރީދޫ ބައްދަލުކުރީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ، މާޒިޔާ ސްޕޯޓްސް ކްލަބްގެ މެނޭޖްމަންޓް ޓީމާއެވެ. މިމެޗް 7-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާގެ ޓީމެވެ. 

ދެވަނަ މެޗްގައި އުރީދޫ ބައްދަލުކުރީ ހަބޭސްއާއެވެ. މިމެޗް އުރީދޫއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ. މި ދެމެޗްގައިވެސް އުރީދޫގެ އިސްވެރިންވެސް ވަނީ ފެނިގެންގޮސްފައެވެ.

އުރީދޫއިން އެމްބެސެޑަރުންނާއެކު ކުޅުނު މެޗްތަކުގެ ތެރެއިން.. ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އަކީ ވަތަނިއްޔާ ނަމުގައި ރާއްޖެއަށް މޯބައިލް ނެޓްވަރކްގެ ހިދުމަތް ފެށުމާ ހަމައިންވެސް ދިވެހި ކުޅިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ފަހުން އުރީދޫނަމަށް ބަދަލުވެ، އެކުންފުނިން ދިވެހި ކުޅިވަރަށް ދެމުން އަންނަ އެހީތެރިކަން ފުޅާވެގެން ދިޔައިރު، ދިވެހި ފުޓްބޯޅައިގެ މައި ލީގްވެސް ވަނީ އެކި ސީޒަންތަކުގައި ސްޕޮންސަރކޮށްފައެވެ. 

އުރީދޫއިން އެމްބެސެޑަރުންނާއެކު ކުޅުނު މެޗްތަކުގެ ތެރެއިން.. ފޮޓޯ: އުރީދޫ މޯލްޑިވްސް

މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް ކޮންމެ އަހަރަކުވެސް އެކުންފުނީގެ އެހީތެރިކަން ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އުރީދޫ ފާހަގަކުރެވިފައިވަނީ ފުޓްބޯޅަ އާއި އެނޫންވެސް ކުޅިވަރުތައް ދެމެހެއްޓުމަށް މާލީ ގޮތުން އެންމެބޮޑަށް އެހީތެރިވާ އެއް ކުންފުނީގެ ގޮތުގައެވެ. 

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ދެމުން އަންނަތާ 20 އަހަރު ވެފައިވާއިރު، އެކުންފުނިން ގެންދަނީ މުއާސަލާތީ ހިދުމަތުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.