ރިޕޯޓް
15 Mar 2022 | 13:50
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިއިރުވެސް ގެންނަން ބުނި ވެންޓިލޭޓަރުތަކަށް ވީގޮތެއް ނޭނގޭ!

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ގޮތް ނޭނގޭ ރޯގާއަކާއެކު މުޅި ދުނިޔެ އަށް ސިހުން ގެނުވިއެވެ. އެތާ ދުވަސްކޮޅެއް ފަހުން އެ ވައިރަހަށް ކޯވިޑް-19 ގެ ނަމުން ނަންދީ އެއީ އާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައެވެ. އެއާއެކު ހުރިހާ ގައުމަކުންވެސް އެ ވައިރަހާއި ހަނގުރާމަކުރުމަށް ތައްޔާރުވާން ފެށިއެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ވަރުގަދަ ޕްރޮޓޮކޯލުތަކެއް ހެދިއެވެ.

ދިވެހި ސަރުކާރުންވެސް ދުނިޔޭގެ ގައުމުތަކާއި އެއް ހަމައެއްގައި ކޯވިޑްގެ އާލަމީ ވަބާއާއި ދެކޮޅަށް މަސައްކަތް ފަށައިގަތެވެ. ދިވެހި ރައްޔިތުން ކޯވިޑްގެ ބަލިމަޑިކަމުން ސަލާމަތްކުރުމަށް ސިއްހީ ނިޒާމުގެ ހަކަތަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގަތެވެ.

ކޯވިޑްއަކީ އާދައިގެ ރޯގާއެއް ނަމަވެސް، ބަލީގެ އަލާމަތްތައް ބޮޑުވެއްޖެކަމަށްވާނަމަ މީހާ ވެންޓިލޭޓަރަށް ލާން ޖެހޭ ހިސާބަށްވެސް ގެންދެއެވެ. ބަލީގައި ނިޔާވަނީ ހާލަތު އެންމެ ބޮޑަށް ގޯސްވެގެންދާ މީހުންކަމަށްވާތީ ސަރުކާރުން ބުނަމުން ދިޔައީ އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ، އެންމެ ގޯސް ހާލަތުގައި ގިނަ ބަޔަކަށް ފަރުވާދިނުމަށް ބޭނުންވާނެ ވެންޓިލޭޓަރުތައް ހަމަކުރުމަށްކަމަށެވެ.

އެހެން ނަމަވެސް ކޯވިޑް ނަވާރައިން އަރައިގަތުމަށް ދިވެހިރާއްޖެ މި ކަޑައްތުކުރި ރާސްތާގައި ބޮޑު ހަތަރު ރާޅާއި ކުރިމަތިލިއުރުވެސް އެންމެ ގޯސް ހާލަތުގައި ރައްޔިތުންނަށް ފަރުވާދޭން ހޯދަން ބުނި ވެންޓިލޭޓަރުތައް ސަރުކާރަކަށް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވިފައެއް ނުވެއެވެ.

ކޯވިޑްގެ ފުރަތަމަ ރާޅު މައިތިރިވުމާއެކު، ކޯވިޑްގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން ކޮށްފައިވާ ޚަރަދުތަކުގެ އޯޑިޓް ރިޕޯޓުތަކުން ހާމަވެގެންދިޔައީ ވަކިން ބޮޑަށް ފިއްކަދައިގެންދާ ޒާތުގެ ވާހަކައެކެވެ. އޭރު ހުންނެވި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ކޯވިޑް ރިޕޯޓުގައި ބުނެފައިވާގޮތުން ވެންޓިލޭޓަރުގަތުމުގެ ނަމުގައި ޑުބާއީގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައިވަނީ ގަވައިދާއި ޚިލާފަށެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަދާފައިވާ އެއްބަސްވުމެކެވެ.

ކޯވިޑްގެ ހާލަތު ރާއްޖެއާއި ބައްދަލުކުރުމާއި ގުޅިގެން ރާއްޖޭގެ އާބާދީއަށް ބަލައި ހާލަތަށް ބޭނުންވާ 145 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އިއުލާނުކޮށްފައިވެއެވެ. ވެންޓިލޭޓަރުތައް ހޯދުމަށް ޖުމްލަ ތިން ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުން ހެދިއެވެ. އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ޑުބާއީ ކުންފުންޏަކީ އޭގެ ތެރެއިން އެއް ކުންފުންޏެވެ.

އެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ވެންޓިލޭޓަރުތައް ގަތުމުގެ އަގުގެ 90 އިންސައްތައަށް ވާ 30.4 މިލިއަން ރުފިޔާވެސް ދައްކާފައިވާކަން އޯޑިޓް ރިޕޯޓުން ފާހަގަކޮށްފައި އޮތެވެ. ސަރުކާރުން އޭރު ބުނީ ޑުބާއީ ކުންފުންޏާއި އެކު ވެންޓިލޭޓަރުތައް ގަތުމަށް ސޮއިކުރީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ލަފާގެ މަތިންކަމަށެވެ. އެހެން ނަމަވެސް އޯޑިޓް ރިޕޯޓު އެކަންވެސް ދޮގުކުރެއެވެ. އަދި އެ ކުންފުންޏާއި އެކު އެއްބަސްވުން ހަދާފައިވަނީ ޑަބްލިއުއެޗްއޯއިން ދީގެން ނޫންކަމަށާއި، އެކަންކޮށްފައިވަނީ ޑަބްލައިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަމިއްލަ ހައިސިއްޔަތުންކަން ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން ޑުބާއީ ކުންފުންޏާއެކު އެއްބަސްވުން ހެދީ އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނ ގޮތުން ގާބިލް ކުންފުންޏެއްތޯ ބަލާ ކަށަވަރުކޮށްފައި ނޫންކަންވެސް އޯޑިޓް ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

އޯޑިޓް ރިޕޯޓާއި ގުޅިގެން ހިންގި އިތުރު ތަހުގީގުތަކުން ވެންޓިލޭޓަރުތައް ގަތުމުގެ ނަމުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަން އޭސީސީއިން ވަނީ ހާމަކޮށްފައެވެ. އަދި އޭރު ހުންނެވި ހެލްތު މިނިސްޓަރ އަމީނު ހިމެނިވަޑައިގަންނަވާ ގޮތަށް 11 މީހުންގެ މައްޗަށް ދައުވާ އުފުލުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައިވެއެވެ. އެހެން ނަމަވެސް ހާމަކަން ބޮޑުކޮށް ފެންނަން އޮތް މި މައްސަލައިގައި އުންސުރު ހަމަނުވާކަމަށް ޕީޖީއިން ކަނޑައެޅިއެވެ. އެ ހިސާބުން ކޯވިޑްގެ ބަލި މަޑުކަމުގެ ތެރޭގައި ރައްޔިތުން ގެތަކުގައި ބަންދުކޮށްފައި ބޭތިއްބުމަށްފަހު ސަރުކާރުން ހިންގި އެ ބިޔަ ކޮަޕްޝަންގެ މައްސަލަވެސް ހިނދިން ދިޔައީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ