ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު.. ފޮޓޯ: ވަން އޮންލައިން
ހަބަރު
07 Sep 2022 | 12:36
ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ އިޝާރާތެއް އިމްރާނު ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށްލާނެކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ދެއްވައިފިއެވެ. 

އޭނަ އެފަދައިން އިޝާރާތްކުރައްވާ ވާހަކަދައްކަވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އަމާޒަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ހުރިހާ ގައިދީންނަކީ ރިހިބިލިޓޭޓް ވާންޖެހޭނެ މީހުން ކަމުގައި ހެދުން ކަމަށެވެ. 

ރައީސް ޔާމީން ޖަލަށް ލިޔަސް އެ އުސޫލަށް ތަބާވާން ޖެހިވަޑައިގަންނަވާނެކަމަށާއި، ގައިދީން ރިހިބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ. މައްސަލައެއް އޮވެގެން ޖަލަށް ދިޔުމުން އަނބުރާ މުޖުތަމައު އަށް އަންނަން ވާނީ އެތަނުގެ އެތެރެއިން ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެ އިސްލާހީ ފިލާވަޅެއް ލިބިގެން ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ރައީސް ޔާމީން ރިހިބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް އިމްރާނު ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދެ ދައުވާއެއް އުފުލާ، އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ހަމަ އެ ޚިޔާނާތުގެ ދަށުން ފުއްގިރި ކުއްޔަށް ދިން މުއާމަލާތާއި ގުޅޭ މައްސަލައެއްވެސް ކޯޓުގައި އޮތްކަން ފާހަގަކޮށްލެވެއެވެ. 

އެހެން ނަަމަވެސް އެ ޚިޔާނާތައި ގުޅުވާ ކޮށްފައިވާ ތުހުމަތުތައް އަދި އެމަނިކުފާނުގެ މައްޗަށް ސާބިތެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.