ހެރިޓޭޖު މިނިސްޓަރު ޔުމްނާ.. ފޮޓޯ: މިނިސްޓްރީ އޮތް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
ހަބަރު
08 Sep 2022 | 02:42
ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތަކަކީވެސް ދިވެހިބަސް: ހެރިޓޭޖު މިނިސްޓަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވާހަކަދައްކާ ބަހުރުވުތައް ހިމެނެނީ ދިވެހި ބަހުގެ ތެރޭގައިކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ބަހުރުވައިން ހުކުރު ކުތުބާ ދިނުމުން އެ އަތޮޅު މީދޫ ގެ މިސްކިތެއްގައި މުދިމަކު ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ސަސްޕެންޑުކުރީ، ދިވެހި ބަސްނޫން އެހެން ބަހަކުން ޚުތުބާ ދިންކަމަށް ތުހުމަތުކޮށްފައެވެ. 

ހެރިޓޭޖު މިނިސްޓަރު ވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައި ރާއްޖޭގައި ވާހަކަދައްކވާ އެކި ބަހުރުވަ ތަކަކީވެސް ދިވެހި ބަސްކަން ފާހަގަކުރައްވާފައެވެ. އަދި ބަހުރުވަތައް ކުރިއެރުވުމަށްޓަކައި މުއާމަލާތުތައް ކުރާނެ ފުރުސަތުތައް ދޭން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއާއެކު މިނިސްޓަރު ޔުމްނާ ވިދާޅުވީ ބަހުރުވައަކީ ވާހަކަދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައިވާ އޮންނަ އެއްޗެއްކަމަށެވެ. އަދި އެއީ އެރަށެއްގެ ނުވަތަ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެއްކަމަށެވެ.

ދިވެހި ބަސް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ ބަހުރުވަތައްވެސް ރައްކާތެރިކޮށްގެންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ދިވެހިބަސް ނޫން އެހެން ބަހަކުން ޚުތުބާ ވިދާޅުވިކަމަށް ކަނޑައަޅާ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔުއްވި އިމާމު ސަސްޕެންޑުކޮށްފައިވާއިރު، އޭނާ ވިދާޅޫވީ އައްޑޫ ބަހުން ޚުތުބާ ވިދާޅުވީ، މިސްކިތަށް އަންނަ ގިނަ ބިދޭސީންނަށް ޚިތުބާގައި ކިޔާ އެއްޗެއް ފަހުމުކޮށްދިނުމަށްކަމަށެވެ. އަދި ޚުތުބާގައި ލިޔެފައިވާ އެއްޗަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ