ރައީސް ޔާމީން ކޯޓުގައި ވާހަކަދައްކަވަނީ
ހަބަރު
08 Sep 2022 | 18:06
ވ. އާރަށް މައްސަލަ: ހޮނިހިރު ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި!

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ހޮނިހިރު ދުވަހަށް ތާވަލުކޮށްފިއެވެ. 

އެ މައްސަލައިގެ އަޑުއެހުމެއް މިއަދަށްވެސް ތާވަލް ކުރެވުނެވެ. އެހެން ނަމަވެސް ރައީސް ޔާމީން އާލާސްކަންފުޅާއި އުޅުއްވާތީ މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. 

ވ. އާރަށުގެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން އިއްޔެގެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ހެކީގެ ގޮތުގއި ހުށައަޅާފައިވާ އަހުމަދު ނަރީޝްގެ ހެކިބަސް ވަނީ ކްރިމިނަލް ކޯޓުން ނަގާފައެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޝަފަވީ 7 ހެކި ހުށައަޅާފައެވެ. 

ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނެގުން ނިންމާލަމުން، ދައުލަތުންވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް އެއްދުވަހުން ނެގުމަށް ކޯޓުގައި އެދިފައެވެ. އަދި އެފަދައިން ކުރިއަށް ނުގެންދެވޭނަމަ، ޖެހިޖެހިގެން ހެކިބަސް ނެގުމަށް އެދިފައިވެއެވެ. 

ދައުލަތުން އެ ގޮތަށް އެދިފައިވަނީ، ހެކިންނަށް ބައްދަލުވެ، މަޝްވަރާކުރުމަށް ފުރުސަތު ނުދެއްވުމަށެވެ. އަދި ހެކި އުފެއްދުމަށް ޖާގަ ނުދިނުމަށެވެ. 

މި މައްސަލައިގައި ހޮނިހިރު ދުވަހު ތިން ހެކިންގެ ހެކިބަސް ނެގުމަސް ވަނީ ހަމަޖެހިފައެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު، އެމަނިކުފާނު ވަނީ އެ ދެ ދައުވާއަށްވެސް އިންކާރުކުރައްވާފައެވެ. އަދި އެއީ ސިޔާސީ ގޮތުން އުފައްދާފައވާ ދައުވާތަކެއްކަމަށް ތަކުރާރުކޮށް އެމަނިކުފާނު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ