ފޮޓޯ: ފައިލް
ދީން
11 Sep 2022 | 11:28
ފިރުޢައުނުގެ ސިޙުރުވެރިން

މާތް ވެގެންވި ރިސާލަތާގެން މޫސާ عَلَيهِ السَّلَام އާއި އެކަލޭގެފާނުގެ އަޚް ހާރޫނު عَلَيهِ السَّلَام ފިރުޢައުނާއި އޭނާގެ މީހުންގެ ގާތަށް މާތް ﷲ ފޮނުއްވިއެވެ. ބޮޑާވެ އަނިޔާވެރިވެގެންވާ މީހަކަށް ނުވުމަށް އެކަލޭގެފާނު ފިރުޢައުނަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. އަދި ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ދަޢުވަތު ދެއްވިއެވެ. ރައްދުގައި އެކަލޭގެފާނަކީ ރަސޫލެއްކަމަށް ހެކިދޭނެ ހެއްކެއް ދެއްކުމަށް ފިރުޢައުނު އެދުނެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅުގައިވާ އަސާކޮޅު އެއްލަވާލެއްވިއެވެ. އެހިނދު، މީސްތަކުންނަށް އެފަދަ އެއްޗެއް ނުގެނެވޭނެފަދަ ވަރުގަދަ މުޢުޖިޒާތެއް މާތް ﷲ ދެއްކެވިއެވެ. ގަހެއްގެ ދަނޑިއަކުން ހަދާފައިވާ އަސާކޮޅު ދިރޭ ހަރުފައަކަށް ބަދަލުވެގެން ދިޔައެވެ. ދަރުބާރުގައި ބަލަންތިބި އެންމެންނަށް މި މަންޒަރު ފެނުނެވެ.

ފިރުޢައުނާއި އޭނާގެ ޢައުވާނުންގެ ކިބައިގައި ބޮޑާކަމާއި ގޮތްދޫނުކުރުން ހުރީ ޙައްޤު ގަބޫލުކުރާނެފަދަ ދަރަޖައެއްގައެއް ނޫނެވެ. އެއީ ބޮޑުވެގެންވާ ސިޙުރެއްކަމުގައި ބަލައި، އެކަލޭގެފާނަށް ބުންޏެވެ. "އެފަދަ ސިޙުރެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ދެ ފަރާތުންވެސް އެއްބަސްވާނެ ވަގުތެއް ކަނޑައަޅުއްވާށެވެ!" އެކަލޭގެފާނު ވިދާޅުވިއެވެ. "ވަގުތަކީ ޒީނަތްތެރިކަމުގެ ޢީދު ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ." މިގޮތުގެ މައްޗަށް ދެފަރާތުންވެސް އެއްބަސްވިއެވެ.

ފިރުޢައުނުގެ ފަރާތުން ރަށުގައި ތިބި އެންމެ މޮޅެތި ސިޙުރުވެރިން ހޯދުމަށްޓަކައި ރަށުގެ އެކި ދިމަދިމާލަށް މީހުން ފޮނުވައި، މޮޅެތި ސިޙުރުވެރިންނާ ވާހަކަދައްކައި، އެއްބަސްވެފައިވާ ދުވަހު ކަނޑައެޅިފައިވާ ތަނަށް، އެ ވަގުތަށް ޙާޒިރުވުމަށް ދަޢުވަތު ދެވުނެވެ. އަދި މަންޒަރު ބަލަން އެ މައިދާނަށް އައުމަށް ރަށުގެ މީސްތަކުންނަށްވެސް ދަޢުވަތު ދެވުނެވެ.

ޒީނަތްތެރިކަމުގެ ދުވަހުގެ ހެނދުނުގެ ވަގުތެވެ. ރަށުގެ ކުދިބޮޑު އެންމެން ކަނޑައެޅިފައިވާ މައިދާނަށް ޙާޒިރުވިއެވެ. އަދި މޫސާގެފާނާއި ފިރުޢައުނުގެ ސިޙުރުވެރިންވެސް ޙާޒިރުވިއެވެ. ކުރިމަތިލުން ފެށުމުގެ ކުރިން ފިރުޢައުނުގެ ސިޙުރުވެރިން ފިރުޢައުނަށް ބުންޏެވެ. "ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ." ރައްދުގައި ފިރުޢައުނު ބުންޏެވެ. "އާނއެކެވެ! އަދި ތިޔަބައިމީހުންވާނީ، ތިމަންނައާ އަރިސްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ." އެއަށްފަހު، ސިޙުރުވެރިން މޫސާގެފާނަށް ބުންޏެވެ. "އޭ މޫސާގެފާނެވެ! ކަލޭގެފާނު ކުރިން އެއްލަވާށެވެ. ނޫންނަމަ ކުރިން އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނަމެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން އެއްލާށެވެ!" ދެންފަހެ، އެބައިމީހުން ސިޙުރު ހަދާފައިވާ ވާތަކާއި އަސާތައް އެއްލިހިނދު، އެތަކެތި ހަރަކާތް ކުރާތަން މީސްތަކުންގެ ލޯތަކަށް ފެނުނެވެ. ބޮޑުވެގެންވާ ސިޙުރެއް އެމީހުން ގެނައެވެ. ޚުދު މޫސާގެފާނަށްވެސް އެތަކެތި ދުވާހެން ހީފުޅުވެ، އެކަލޭގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް އުފެދުނެވެ.

އެހިނދު، މާތް ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބު ލިބި މޮޅުވާނީ ކަލޭގެފާނެވެ. އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އަސާކޮޅު އެއްލަވާށެވެ! އޭރުން، އެ އަސާކޮޅު އެބައިމީހުން ހެދި ތަކެތި ކައި، ދިރުވާލައިފާނެއެވެ. ހަމަކަށަވަރުން، އެބައިމީހުން ހެދި އެއްޗެހި ވާކަން ކަށަވަރީ ސިޙުރުވެރިޔާގެ މަކަރު ކަމުގައެވެ. އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ."

ދެން އެކަލޭގެފާނުގެ އަސާކޮޅު އެއްލަވާލެއްވުމުން ސިޙުރުވެރިން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިލައިފިއެވެ. ޙައްޤަށް ނަޞްރު ލިބި، ބާޠިލުގެ ތެރެއިން ޙައްޤުފާޅުވިއެވެ.

ކަންހިނގާގޮތް ބަލަންތިބި ފިރުޢައުނުގެ ސިޙުރުވެރިންނަށް ފެނިގެންދިޔައީ ޙައްޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ. ޤަބޫލުކުރެވިގެން ދިޔައީ އެންމެހާ ފަރާތަކަށްވުރެ ބާރުގަދަވަންތަ ފަރާތެއް ވާކަމެވެ. މޫސާގެފާނު އެ ގެންނެވި ކަންކަމަކީ އިންސާނުންނަށް ގެނެވޭނެ ކަންކަމެއް ނޫންކަމެވެ. އެ ސިޙުރުވެރިންގެ ހިތުގައިވި ޝައިޠާނީ ބާޠިލު އަނދިރިކަމުގެ މައްޗަށް ޙައްޤުގެ ނޫރު ފާޅުވެގެން ދިޔައެވެ. ފެނިގެން ދިޔައީ ސިޙުރުވެރިން ސަޖިދައަށް ތިރިވި ތަނެވެ. އެބައިމީހުންގެ އީމާންކަން އިޢުލާނުކުރަމުން ބުންޏެވެ. "ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް އަހަރެމެން އީމާންވެއްޖައީމެވެ. އެކަލާނގެއީ މޫސާގެފާނާއި، ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއެވެ."

މި މަންޒަރު ބަލާކަށް ފިރުޢައުނަކަށް ކެތެއްނުކުރެވުނެވެ. އޭނާ ބުންޏެވެ. "ތިޔަބައިމީހުންނަށް ތިމަން އިޒުނަނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާންވީހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ސިޙުރު ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާއެވެ. އަދި މިއީ ރަށުގެ އަހުލުވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެކެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ކަލޭމެން ޞަލީބަށް އަރުވާނަމެވެ. އޭރުން އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު ޢަޒާބެއް ދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭނެއެވެ."

ފިރުޢައުނުގެ އެ ވަރުގަދަ ބަސްތަކުން އީމާންކަމުން ފުރިފައިވި ހިތްތަކަށް އަސަރެއް ނުކުރިއެވެ. ސާބިތުކަމާއެކު އެނުބައި އަނިޔާވެރި ފިރުޢައުނަށް ރައްދުގައި އެބައިމީހުން ބުންޏެވެ. "ތިގޮތަށް ކަންތައް ކުރުމަކުން ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ތިމަންމެން އެންމެ ފުރަތަމަ އީމާންވީ ބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ." "އޭ ފިރުޢައުނެވެ! ބަޔާންވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާނަމެވެ. ކަލޭ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ ހަމައެކަނި މި ދުނިޔޭގެ ހަޔާތުގައެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް މަޖްބޫރު ކުރި ސިޙުރުގެ ފާފަ، ތިމަންމެންނަށް ޢަފޫކުރައްވައި ފާފަފުއްސެވުމަށްޓަކައެވެ. ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ އާޔަތްތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން އީމާންވުމުން ފިޔަވައި އެހެން ކަމަކު ނޫނެވެ."

ދެން، ފިރުޢައުނުގެ ނުބައި އަނިޔާވެރިކަމަށް ކެތްތެރިކަން ދެއްވުމަށް އެދި ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އެބައިމީހުން ދުޢާކުރިއެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!"

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އިންސާނަކަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އީމާންކަމުގެ ފޮނިކަމެވެ. އެ ފޮނިކަމާ އަޅާބަލާއިރު ދުނިޔޭގެ އެހެން ހުރިހާ ކަމަކުން ލިބޭ ފޮނިކަމަކީ އެއްވެސް އެއްޗެއް ނޫނެވެ. މުއުމިނުންނަކީ އެބައިމީހުންގެ އީމާންކަމުގެ ޙައްޤުގައި ކިތަންމެ ބޮޑު ޤުރުބާނީއެއްވެސް ވުމަށް ފަސްނުޖެހޭނެ ބައެކެވެ. ފިރުޢައުނުގެ ސިޙުރުވެރިންނަކީ އޭގެ ރިވެތި މިސާލެކެވެ. އީމާންކަމަކީ އަގު ބޮޑު ނިޢުމަތެކެވެ. އެ ނިޢުމަތާމެދު ކަންތައް ކުރާގޮތެއް އިމްތިޙާނު ކުރެވޭނެއެވެ. އެ އީމާންކަމުގައި ކެތްތެރިވެ ސާބިތުވި ބަޔަކަށް ކާމިޔާބު ހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.