ގޭތެރޭގެ ހަމަނުޖެހުމެއްގެ ތެރެއިން ހިޔާ ފުލެޓު މަތިން ބޭރަށް އެއްޗެހި އުކުމުގެ ސަބަބުން ކާރަކަށް ގެއްލުން ވެފައި
ހަބަރު
11 Sep 2022 | 13:10
ހަމަ ނުޖެހުމެއްގެ ތެރެއިން އުކި އެއްޗެހިން އުޅަނދު ތަކަށް ގެއްލުންވެއްޖެ!

ގެއެއްގެ ތެރޭގައި ހިނގު ހަމަނުޖެހުމެއްގެ ތެރެއިން ގެއިން ބޭރަށް އުކި އެއްޗެހި ތަކުން ޖެހި ގިނަ އަދަދެއްގެ އުޅަނދު ތަކަކަށް ގެއްލުންވެއްޖެއެވެ. 

ހިޔާ ފުލެޓުގެ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި ހިނގި މި ހަމަނުޖެހުމާއި ގުޅިގެން އެ އެޕާޓްމަންޓް މަތިން އެކި އެއްޗެހި ތިރިއަށް ވަނީ އުކާފައެވެ. އޭގެ ތެރޭގައި ގޭގައި ގެންގުޅޭ ތަކެއްޗާއި އެނޫންވެސް އެކި ސާމާނު ހިމެނެއެވެ. އަދި އެ އެއްޗެހިތައް ޖެހިގެން ފުލެޓް ތިރީގައި ހުރި ބައެއް އުޅަނދު ތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. 

އެއްޗެހި ތަކުގެ އިތުރުން، އެ ހަމަނުޖެހުމުގެ ތެރެއިން ކުޑަ ކުއްޖަކުވެސް ބެލްކަނީ އިން ބޭރަށް އެއްލާލަން މަސައްކަތް ކޮށްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން "ވޮއިސް" އަށް މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް، އެ އެޕާޓްމަންޓް ގައި ހުރި މީހަކު އެކުއްޖާ ސަލާމަތް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ހިޔާ ފުލެޓް ހަތަރުވަނަ ޓަވަރު ކައިރީ ޕާކުކޮށްފައި ހުރި އުޅަނދު ތަކަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު 12:53 ހާއިރު އެ އިދާރާއަށް ލިބިފައިވާކަމަށެވެ. 

އަދި އެ މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ޚިޔުން
ތިޔަހެންވާނީ އަދިވެސް ރާއްޖެތެރޭ މީހުންނަށް ފުލެޓް ދީ..............
11 Sep 2022
ޫަސަން
ޥެރީ އަންސިވިލައިޒްޑް
11 Sep 2022
ވަހީދު
ހިޔާފުލެޓުން ކަމެއްވާއިރަށް ރާއްޖެތެރޭ މީހުންގެ ބޮލުގައި މިއަޅުވަނީ ކީއްވެބާ؟ ޭޭޭޭތE
11 Sep 2022
ޭއޭނަ
ތިވާނީ ވަންނާނެ ތަނެެއްނެތް މާލޭ މީޖހަކަށް
11 Sep 2022
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.