ހިންދޫންގެ އަޅުކަން އަދާކުރުމަށް މިސްކިތެއް ކައިރިއަށް ބަޔަކު އެއްވެ
ހަބަރު
12 Sep 2022 | 12:04
އިންޑިއާގައި، ހިންދޫ ދީނުގެ އަޅުކަން އަދާކުރުމުގެ ތެރެއިން މުސްލިމުން މަރަން ގޮވާލައިފި!

އިންޑިއާގެ ކަރްނާޓަކާ އަވަށުގައި ހަރުކަށި ހިންދޫ ކަނާއަތު ފިޔައިގެ ޖަމާއަތުގެ މީހުންތަކެއް ހިންދޫ ދީނުގެ އަޅުކަން އަދާ ކުރަން މިސްކިތެއް ކައިރިއަށް އެއްވެ، މުސްލިމުން މަރަށް ގޮވާލައިފިއެވެ. 

މުސްލިމުންނާއި ދެކޮޅަށް ހަރުކަށި އަނިޔާ ތަކާއި އަދަބުތައް ދެމުންދާ އިންޑިއާގެ ކަރްނާޓަކާ އަވަށުގައި، ހަރުކަށި ހިންދޫ ޖަމާއަތުގެ މީހުން މި ޢަމަލު ހިންގާފައިވަނީ، އެމީހުން ކަލާނގެ އެއް ކަމަށް ބަލާ 'ގަނޭޝް' ބުދަށް އަޅުކަން ކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އެގޮތުން އެ ބުދަށް އަޅުކަން ކުރުމަށް ބޭއްވި ހަފްލާފެ ތެރެއިން އެމީހުން ވަނީ މިސްކިތެއް ކައިރިއަށް އެއްވެ އަޑުގަދަކޮށް ލަވަޖަހާފައެވެ. އަދި އެ ލަވަ ތަކުގައި ވަނީ މުސްލިމުންނާއި މެދު ލާ އިންސާނީ އަމަލުތައް ހިންގައި، މުސްލިމުން މެރުމަށް ގޮވާލާފައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

އިންޑިއާގެ ހަރުކަށި ހިންދޫއިންގެ މި ޢަމަލުގެ ސަބަބުން އެތައް މުސްލިމުންގެ ލޭ ކެކި އެ ސަރަހައްދުގައި ހަމަނުޖެހުންވެސް ވަނީ ހިނގާފައެވެ. 

މީގެ ކުރިންވެސް ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން، ހިންދޫ ހަރުކަށި ގުރޫޕެއްވަނީ މިސްކިތް ކައިރިއަށް އެއްވެ މުސްލިމުން މަރަށް ހިތްވަރުދޭ ލަވަ ޖަހައި ބޮޑު ހަމަނުޖެހުންތަކެއް ހިންގާފައެވެ. އަދި މީގެ އިތުރުން އިންޑިޔާގެ ކަރްނާޓަކާ އަވަށުގައި ވަނީ، ބުރުގާ އަޅައިގެން ސުކޫލަށް ދިއުން ވެސް މަނާ ކޮށްފައެވެ. އެފަދައިން ކަންތައް ކުރުމާއި ގުޅިގެން އިންޑިއާ އަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، އެ ގަވާއިދަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އަދި ބުރުގާ އަޅައިގެން ކިޔަވަންދާ ކުދިން ބުރުގާ ނުނަގާނަމަ އެ އަވަށުގެ ސުކޫލު ތަކުން އަންނަނީ އެކުދިން ގެއަށް ފޮނުވާލަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.