ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
13 Sep 2022 | 11:32
މާލޭގެ އެއް ގެއަށް 1779 ކާރު ރެޖިސްޓްރީ ކޮށްފައި އެބަހުރި؛ އެއީ ހޮޓްވީލްސް ކާރުތޯ: މެންބަރު ނަޝީދު

މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއަކަށް 1779 ކާރު ރެޖިސްޓްރީ ކޮށްފައިވާ ކަމަށާ، އެގޮތުން ރަޖިސްޓަރީ ކޮށްފައި ވަނީ ހޮޓްވީލްސް ކާރުތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.

ދެ ފޮރޮޅަށް ވުރެ ގިނަ ފޮރޮޅުލީ އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލު ނުވަތަ އާންމުކޮށް ކިޔާ ނަމަ ގަރާޖު ސިޓީ ނިމުމަކަށް ގެންނަން ގޮވާލައި، އެއްގަމު އުޅަނދުފަހަރާ ގުޅޭ ޤާނޫނަށް މޮސްޓާ ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، ކާރު ރަޖިސްޓަރީކޮށްދެނީ ގަރާޖަކަށް ކަމުގައެވެ. ނަމަވެސް މާލޭގައި އެއް ގެއަކަށް 1779 ކާރު ރަޖިސްޓަރީކޮށްފައިވާކަމަށެވެ. 

"މިތާ އެބަތިބި އެމީހުންގެ ގޭގޭ ގަރާޖު ވިއްކާފައި 1400, ގަރާޖު އެއްގެއިން ވިއްކާފައި. ރާއްޖޭގައި އެބަހުރި 1779 ކާރު އެއްގެއަކަށް ރަޖިސްޓަރީ ކޮށްފައި. 1779 ކާރު މައްޗަންގޯޅީ ގެއަކަށް ރަޖިސްޓަރީ ކޮށްފައި އެބައިން. 1779 ކާރުމިއީ ހޮޓްވީލް ކާރު ތަކެއްތޯ އެގެއަށް ރަޖިސްޓަރީ ކޮށްފައި މި އިންނަނީ؟" މޮސްޓާ ވިދާޅުވިއެވެ. 

މޮސްޓާ މިފަދައިން ވިދާޅުވުމާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ، އެފަދައިން ވިދާޅުވާނަމަ އެއީ މައްޗަންގޯޅީ ކޮން ގެއެއް ކަންވެސް ހާމަކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މޮސްޓާ ވަނީ، މަސްލަހަތައްޓަކައި އެ މައުލޫމާތު މިވަގުތު ހާމަ ކޮށްދެވެން ނެތް ކަމަށާ، ހާމަކުރައްވަން ޖެހިއްޖެ ނަމަ ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

މިއާއެކު މޮސްޓާ ވިދާޅުވީ، ކޮންމެ މީހަކަށްވެސް މާލެއަށް ކާރު އެތެރެކުރުމުގެ ހުއްދަ އޮންނައިރު ކާރު އެތެރެކުރުމަށްފަހު އެ ކާރު ރަޖިސްޓްރީކުރަންޖެހެނީ މާލޭގެ ބިންވެރިއަކަށް ނުވަތަ މާލެއިން ބިންތައް ދިގުމުއްދަތަށް ނަގާފައިވާ ރާއްޖެތެރޭ މީހަކަށް ޖިޒީ ދައްކައިގެންކަމަށެވެ.

ކަން މިހެން ހުރިއިރު، ގަރާޖަކަށް ކާރު ރަޖިސްޓަރީކުރުމަށްފަހު އެ ކާރު އެއްވެސް ގަރާޖަކަށް އެ ކާރު ނުވެއްދޭ ކަމަށާ، ކާރު ރަޖިސްޓަރީކުރާ ވަގުތު މީހަކަށް 70،000 ރުފިޔާ ދީގެން ގަރާޖު ސިޓީއެއް ހޯދި ނަމަވެސް އެ ގަރާޖުގައި ކާރު ނުބޭއްވޭ ކަމުގައިވާނަމަ އެ ފައިސާ ދައްކަންޖެހޭ ސަބަބަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވިއެވެ.

މޮސްޓާ ވިދާޅުވީ ކާރު އެތެރެކުރުމަށް ހިފަހެއްޓުމެއް ނޯންނަ ކަމުގައިވާނަމަ އެ ކާރު އެތެރެކުރުމަށްފަހު އެ ކާރު ރަޖިސްޓަރީކުރުމަށްވެސް ހިފަހެއްޓުންތަކެއް ހުުރެގެން ނުވާނެ ކަމަށެވެ. އެހެންނޫންނަމަ އެ އުސޫލަކީ ހަމަޖެހޭ އުސޫލެއްކަމަށް ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޖަރާޖު ސިޓީ އުވާލުމަށް ގޮވާލައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މީގެ ކުރިންވެސް މޮސްޓާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ބިލު މިދިޔަ އަހަރު ކޮމިޓީއިން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން ފާސްވާ ގޮތެއް ނުވިއެވެ.

ނަމަވެސް ނަޝީދު ވަނީ މިދިޔަ ޖޫން މަހު އަނެއްކާވެސް އެ ބިލު ހުށަހަޅުއްވާފައެވެ. އަދި މިއަދު ވަނީ އެ ބިލުގެ އިބްތިދާއީ ބަހުސް އަނެއްކާވެސް ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.