މެމްބަރު އާމިރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 11:26
ރިޕޯޓުތަކަށް ބަރޯސާ ނުވެ، ރިސޯޓުތަކުގައި ދިވެހި މަސައްކަތްތެރިން ތިބި އަދަދު ބަލަން ޖެހޭ: އާމިރު

ރިސޯޓުތަކުން ފޮނުވާ ރިޕޯޓުތަކަށް ބަރޯސާނުވެ ކަމާ ގުޅުންހުރި އިދާރާތަކުން ރިސޯޓުތަކުގައި ތިބީ ކިހާ ދިވެހިންނެއްތޯ ބަލާ ޔަގީންކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. 

އާމިރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ވަޒީފާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. 

އޭނާ ވިދާޅުވީ މިހާރުވެސް ގިނަ ރިސޯޓުތަކުގައި ގެންގުޅެނީ ބިދޭސީ މަސައްކަތްތެރިންކަމަށެވެ. ރިސޯޓުތަކުން ފޮނުވާ ރިޕޯޓުތަކުގައި ދިވެހި މަސައްކަތެރިންގެ އަދަދު އޮޅުވާލާފައި ހުންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން ފޮނުވާ ރިޕޯޓުތަކަށް ބަރޯސާ ވުމުގެ ބަދަލުގައި ކަމާ ގުޅުންހުރި އިދާރާތަކުން އެކަންކަން ރަނގަޅަށް ބެލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

"މަދު ރިސޯޓުތަކެއް ފިޔަވައި، ގިނަ ރިސޯޓުތަކުގައި އަދިވެސް ގިނަ އިންސައްތަ ވަޒީފާ އަދާކުރަމުންދަނީ ބިދޭސީން. ކޮންމެ މީހަކުވެސް ރިޕޯޓު ފޮނުވާލާއިރުގައި، ތިމަންނަގެ ރިސޯޓުގައި 60 ނުވަތަ 70 އިންސައްތަ ދިވެހިން ތިބޭނެކަމަށް ވިދާޅުވިއެއް ކަމަކު، ކަމާގުޅުންހުރި ފަރާތްތަކުން ބައްލަވާލައްވާ އެހެން އެ ވިދާޅުވާ ރިސޯޓުތަކުގައި ކިތައް ޕަސެންޓުތޯ ދިވެހިން ތިބީ"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

އާމިރު ވިދާޅުވީ ހައްގު އުޖޫރައިގެ ވާހަކައަކީ ސިޔާސީ ފަރާތްތަކުން، ސިޔާސީ ބޭނުމަށް ދައްކަމުންދާ ވާހަކައެއްކަމަށެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މިނިމަމް ވޭޖު ކަނޑައަޅާފައި ވީނަމަވެސް، އެއީ އެ ފަރާތްތަކުގެ ހައްގު އުޖޫރަ ނޫންކަމަށް ބުނަމުންދާ ކަމަށާއި، ރިސޯޓުގައ މަސައްކަތްކުރާ ފަރާތްތަކުގެ އުޖޫރައާއި ގުޅިގެން ހުރި ޝަކުވާތައް އިންތިހާއަށް އޮތްކަން އޭނާ ފަހަގަކުރެއްވިއެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށްވާއިރު، މި ސިނާއަތުގައި ދިވެހި މަސައްކަތްތެރިން މަދުވުމަކީ ކަންބޮޑުވުމެއްކަމަށާއި، ދިވެހިންނަށް އޮތް ފުރުސަތުތައް ބަލާ، އެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.