ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު-- ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 15:43
ޝަކުވާ ކުރާނީވެސް އެކަން ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކައިރީ: ހުސައިން

އަދުގެ ސަރުކާރާއިމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް ކަމަށް ސަރުކާރުން ބުނާއިރު، ޝަކުވާ ކުރާނީ އެކަން ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކައިރީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް ވަކި ވަރެއްގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށައެޅި އިސްލާހަށް ވާހަކަދައްކަވަމުން ސެމްބެ ވިދާޅުވީ، ސިޔާސީ މަގާމުތައް މަދުކުރާ ވާހަކަ އިދިކޮޅުން ހުއްޓުމެއްނެތި މަޖިލީހުގައި ދައްކަވަމުންދާކަމަށެވެ.

އެހެން ނަމަވެސް އެފަދައިން ވާހަކަދައްކަވަމުން ދާއިރުވެސް، ރިޔާސީ އިންތިހާބާއި ދިމާކޮށް، ސިޔާސީ މަގާމުތަކާއި، ދައުލަތުގެ ކުންފުނި ތަކާއި ނުބައްދަލަށް ވަޒީފާތައް ދެމުންދާ ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

ސިޔާސީ މަގާމްތައް މަދުކުރާ ވާހަކަ އަޅުގަނޑުމެން ހުއްޓުމެއްނެތި މިތަނުގައި ދައްކަމުން މިދަނީ. ދައްކަމުންދާއިރު ސިޔާސީ މަގާމުތަކުގެ އިތުރަށް ދައުލަތުގައި ހުރި ކުންފުނި ތަކާއި ނުބައްދަލަށް އެއޮއް ވަޒީފާތައް އޮއްސާލަނީ، ތިރީސް ހާހުން، ވިހި ހާހުން، ދިހަ ހާހުން. ކީއްކުރަންތޯ؟ ރިޔާސީ އިންތިހާބާއި ދިމާކޮށް. ކޮންތާކުންތޯ ކުންފުނި ތަކުން ފައިސާ ނެރެފައި، ވަޒީފާތަކަށް ނުކުންނަ ފަރާތްތަކަށް މުސާރަދެނީ. ކިހިނަކުންތޯ ހޯދަނީ؟ މިވެސް ބަލާލަންޖެހޭ ކަންތައްތައް.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު

ސެމްބެ އިތުރަށް ވިދާޅުވީ މިވީހާ ދުވަހުވެސް ހައްގުތަކަށް ވަކާލާތުކުރަމުން އައީ އެމްޑީޕީ ކަމަށެވެ. ހައްގުތަކުގެ ހުރިހާ ބައްޕައިންނާއި މަންމައިންވެސް ތިބީ އެ ޕާޓީތެރޭގައި ކަމަށް ވާހަކަދައްކާއިރު، ހައްގުތަކުގެ ތެރެއިން އެންމެ މުހިއްމު ކަންތައް ކަމަށްވާ ހައްގުތައް ކަވަރުކުރުމުންވެސް އެމްޑީޕީއަށް ލިބޭނީ ސުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީން އެ ޕާޓީގެ ހުރިހާ ފަލްސަފާ ދޫކޮށްލައި  ވެރިކަމާއި ކޯޅެމުންދާ ކަމަށާ، ޕާޓީގެ އެތޭރެގެ ހާލަތުވެސް ނުހަނު ގޯސް ކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި އެ ޕާޓީން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދުތަކާއި ރައްޔިތުން މަތިންވެސް ހަނދާނެއް ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީ އަށް ފާޑުވިދާޅުވެފައެވެ. 

ދެން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވިދާޅުވަނީ އެއްވެސް ޝަކުވާއެއް ނެތޭ. ކިހާ އުފާވެރި ވާހަކައެއްތޯ؟ ޝަކުވާ އުފުލާނީވެސް އިއްޒަތްތެރި ރައީސް، އަޅުގަނޑު ވެސް ގޮއްސަ އަޅުގަނޑު ބައްޕަ ކައިރީގައި އަޅުގަނޑު އެއްބަނޑު އެއްބަފާ އެހެން މީހުންގެ ޝަކުވާއެއް ނޫނީ ދައްތަ މެންގެ ޝަކުވާއެއް އުފުލާނީ، އަޅުގަނޑުގެ ބައްޕަ ގައިގައި އެކަން ހައްލު ކުރުމުގެ ގާބިލް ކަން ހުރެއްޖެއްޔާ ދެއްތޯ؟ އަޅުގަނޑު ތަސައްވުރު ފުދިފައިވާ މީހެއް ނަމަ އަޅުގަނޑު ގޮސް އެ ޝަކުވާ އުފުލާނީ އެ ބައްޕަ ގައިގައި އެ ގާބީލުކަން، ހައްލު ކުރުމުގެ އެކަންކަމާ ވަކާލާތު ކުރާ، ވާހަކަ ދެއްކުމުގެ، ސުލްހަ ކުރުމުގެ މަސްލަހަތު ނެގެހެއްޓޭ ވަރުގެ ބޭފުޅަކަށް އެބޭފުޅާ ވައްޏާމު ދެއްތޯ؟

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު

އެހެން ނަމަވެސް މިހާރު ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ އެފަދަ ބައްޕައެއް ނޫން ކަމަށާ، މިހާރުން މިހާރަށްވެސް ރައީސް ޞާލިހު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި ސަރުކާރާއި ދެކޮޅަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނާއި، އެމްޑީޕީގެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނޭ ބޭފުޅުންވެސް ތެދުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.