މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް-- ފޮޓޯ: މިހާރު
ހަބަރު
14 Sep 2022 | 15:58
އާޒިމް މަހުލޫފަށް: ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެ ދާއިރުވެސް ތިޔަ ތިބެނީ ބަލަހައްޓައިގެން

ދިވެހިން އެންމެ ލޯބިވާ ކުޅިވަރު، ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެގެން ދާއިރުވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުންނަވަނީ ބަލަހައްޓައިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް ހަ ލައްކައެއް ހާ ރުފިޔާ ދޭން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އެންގުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެކަމާއި ގުޅިގެން އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެގެން ދާއިރުވެސް ޔޫތު މިނިސްޓަރު މަހުލޫފާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހުންނަވަނީ ބަލަހައްޓައިގެން ކަމަށެވެ.

"އެފް.އޭ.އެމް ގާނޫނުތަކާ ގަވާއިދުތަކާ ދިމާ އިދިކޮޅަށް ހިންގާއިރުވެސް ފިޔަވަޅު ނާޅާ، ތިޔަ ތިއްބަވަނީ ކީއްވެތޯ؟" އާޒިމް ސުވާލު ކުރައްވާފައިވެއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ރާއްޖޭގެ ކޯޗު ކަމުގައި ހޭދަ ކުރި މުއްދަތުގައި ދޭން ޖެހޭ މުސާރަ ދީފައި ނުވުމުން އޭނާގެ ފަރާތުން ފީފާ އަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ބެލުމަށް ފަހު ފީފާގެ ޕްލޭއާ ސްޓްޓަސް ޗެމްބާއިން މިދިޔަ މަހު 16 ގައި އެފްއޭއެމަށް އަންގާފައިވަނީ މިއަހަރު ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑޭވޯ އަށް ދޭން ޖެހޭ މުސާރަ ދިނުމަށެވެ. އަދި އެ ފައިސާ 45 ދުވަހުގެ ތެރޭގައި އެފްއޭއެމް އިން ނުދައްކައިފިނަމަ، ފީފާއިން އެފްއޭއެމަށް ދޫކުރާ ޑިވެލޮޕްމެންޓް ފަންޑުން އެ ފައިސާ އުނި ކުރާނެ އެވެ.

ރާއްޖޭގެ ކޯޗު ކަމަށް، ޑޭވޯ ހަމަޖެއްސީ މި އަހަރު ޖެނުއަރީގަ އެވެ. އޭނާ އާ އެކު އެއްބަސްވުން ހެދީ ކިހާ މުއްދަތަކަށް ކަމެއް އޭރު ވެސް އެފްއޭއެމުން ހާމަކޮށްފަ އެއް ނުވެ އެވެ. ޑޭވޯ ތަމްސީލު ކުރާ އެޖެންޓް ކުންފުނި، ދެކުނު ކޮރެއާގެ ޕީއެންޖޭ ކޯޕަރޭޝަނުން ބުނީ، އެފްއޭއެމުން ޑޭވޯ އާއެކު އެއްބަސްވުން ހެދީ ޖެނުއަރީ 2023 ގެ ނިޔަލަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.