ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ-- ފޮޓޯ: މަޖިލިސް
ހަބަރު
15 Sep 2022 | 10:39
މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ނޫޅޭ: ޢަބްދުލްޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ޝަކުވާ ނުކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް ވަކި ވަރެއްގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށައެޅި އިސްލާހަށް ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައާއި އިނާޔަތް ކުޑަކުރަން ބައެއް މެމްބަރުން ބިލްތައް ހުށަހަޅާ ކަމަށާއި، އެހެން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރައްވާތާ މިހާ ދުވަސް ވީއިރުވެސް ރައްޔިތުންގެ ފަރާތުން އެ ޝަކުވާ ނާންނަކަމަށެވެ.

"އަޅުގަނޑު ވެސް މި މަޖިލީހުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެ. 15 ވަރަކަށް އަހަރު ވަނީ އަޅުގަނޑުގެ ދާއިރާގެ އެއްވެސް ރައްޔިތަކު އަޅުގަނޑު ކައިރީ ނުބުނޭ މުސާރަ މާ ބޮޑޭ، އިނާޔަތް މާ ބޮޑޭ."

މެންބަރު ޢަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ރައްޔިތުން ޝަކުވާ ކުރަނީ މެންބަރުންގެ މުސާރަ ބޮޑުވެގެން ނޫން ކަމަށެވެ. އެހެނެއްކަމަކު އެ ފަރާތްތަކުގެ ޝަކުވާ އަކީ އެމީހުންނަށް ބޭނުންވާ މަސައްކަތް އިހުލާސްތެރިކަމާއެކު މެމްބަރުން ކޮށްނުދޭ ކަމުގެ ޝަކުވާ ކަމަށެވެ.

"އެއްޗެއް ބޮޑުވެގެނެއް ރައްޔިތުންނެއް ނޫޅޭ. ރައްޔިތުން އަޅުގަނޑުމެން ކައިރީ އަބަދު ކުރާ ޝަކުވާ އަކީ ބިނާކުރަނިވި ރަނގަޅު މަސައްކަތްތަކެއް މަޖިލީހުން ކޮށްދޭށޭ. އޭރުން ރައްޔިތުންގެ ހިތްހަމަޖެހުން މަޖިލީހުގެ މެމްބަރުންނަށް އޮންނާނެ." 

މެންބަރު ޢަބްދުލްޣަފޫރު މޫސާ

މިއާއެކު ޣަފޫރު ވިދާޅުވީ، ރައްޔިތުން, ރައްޔިތުންގެ މަޖިލިސް ބަލައިގަނެ، މަޖިލީހަށް ތަރުހީބުދޭނީ، ޒާތީ ތައައްސަބުން އެއްކިބާވެ ތިބެ ގައުމަށް ފައިދާވާނެ ހަރުދަނާ މަސައްކަތެއް ކުރުމުން ކަމަށެވެ. 

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރުމާއި މެދު ރައްޔިތުންގެ ޝަކުވާއެއް ނެތް ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކަން ފާހަގަ ކުރައްވާފައެވެ. އަދި އެ އަދަދު ކުޑަކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ޢާދަމް ޒަރީރު
ޢަބުދުލް ގަފޫރު ތިޔަ ހައްދަވަނީ އިތުރުފުޅެއް. މެމްބަރުންނާއި މެމްބްރުންގެ އާއިލީ މެމްބަރުން ފިޔަވައި އެހެން އެންމެންވެސް ދެކޮޅު ކަން ވަރަށް ސާފު
15 Sep 2022
ޢަންމަ
ޢާ ކަލޭ ގައުމުފަވާލިޔަސް އޯކޭ
15 Sep 2022
ރަށުމީހާ
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރޭ..... މިހާވަރަށް ގޮވާއިރުވެސް އަޑެއް ނީވޭތޯ؟
15 Sep 2022
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.