މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ހަބަރު
15 Sep 2022 | 14:07
އިންކަމް ޓެކުހުގެ 50 އިންސައްތަ ލިބެނީ ބިދޭސީ އެކައުންޓެންޓުންގެ އަތުން: ޔައުޤޫބް

ރާއްޖެއަށް އިންކަމް ޓެކުހުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ލިބެނީ ބިދޭސީ އެކައުންޓެންޓުންގެ އަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް ހުސެއިން ނިޔާޒީ ވިދާޅުވީ ރާއްޖޭގައި ބިދޭސީ 4،500 މީހުން މަސައްކަތް ކުރަމުންދާ ކަމަށާ، ނަމަވެސް ސީއޭގެ މަގުސަދަކީ ފެންވަރު ރަނގަޅު އޮޑިޓަރުން އުފައްދައި ދިވެހިންނަށް މި ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

"ރާއްޖޭގައި މި ދާއިރާ [އެކައުންޓިން ދާއިރާ] ގައި ދިވެހިންގެ ގިނަ ބަޔަކު ޝައުގުވެރިވޭ،" ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ، އެކައުންޓިންގެ ދާއިރާއަށް ޝައުގުވެރިވާ ގިނަ ދިވެހިން އެބަ ތިބި ކަމަށެވެ. އަދި ސީއޭ އުފައްދައި ދިވެހިންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުން 106 އެކައުންޓެންޓުން ސީއޭ މޯލްޑިވްސްގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

"މިހާރު 25 އޮޑިޓް ފާމް ރަޖިސްޓްރީކޮށްފައިވޭ. އަދި ނުވަ ސޯލް ޕްރެކްޓިޝަނާ އަށް ފުރުސަތު ދީފައިވޭ،" ނިޔާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދާއިރާ އަށް ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ ސަރުކާރު ކުންފުނިތައް އޮޑިޓް ކުރެވޭ ގޮތަށް ދިވެހިންނަށް ފުރުސަތު ދީ ނުވަ ފާމް އަކަށް ހުއްދަ ދެމުން ކަމަށެވެ. މިހާތަނަށް މިދިޔަ އަހަރު ރާއްޖޭގެ 28 ސަރުކާރު ކުންފުނީގެ ތެރެއިން 10 ކުންފުންޏެއް އޮޑިޓް ކުރަން ދިވެހިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް ސަރުކާރު ކުންފުނިތަކުން އޮޑިޓް ކުރަން ބޭރުގެ އޮޑިޓު ކުންފުނިތައް ހުންނަން ޖެހޭ ކަމަށް އަންގާ ކަމަށާ، އެ ފުރުސަތު ދިވެހި އޮޑިޓަރުންނަށް ދިނުމާއިމެދު މަޝްވަރާ ކުރައްވާ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. 

"ބައެއް އެސްއޯއީސް [ސަރުކާރު] ކުންފުނިތަކުން އެބަހުރޭ ބޭރުން ލޯނު ނަގާފަ. އެހެންވެ ލައިން ބޭރުގެ ތަނަކުން އޮޑިޓް ކުރަން ޖެހޭ ކަމަށް އަންގާ. ނަމަވެސް ދިވެހި އޮޑިޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ކުންފުނިތަކުގެ އެމްޑީސް / ސީއީއޯސްއާ މަޝްވަރާކޮށްގެން ކުރަން،" ނިޔާޒީ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.