އުރީދޫގެ ޕޯސްޓަރެއް
ވިޔަފާރި
15 Sep 2022 | 15:27
އުރީދޫން 500ރ. އަށް 210 ޖީބީ މުޅި މަހަށް ލިބޭ ޕްލޭންއެއް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއިން 500 ރުފިޔާއަށް 210 ޖީބީ މުޅި މަސް ދުވަހު ބޭނުންކޮށްލަން ލިބޭނޭހެން އާޗާ ޕްރީޕެއިޑް ޕްލޭންއެއް ލޯންޗުކޮށްފިއެވެ.

އުރީދޫގެ އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭ މި ޕްލޭން އެކްޓިވޭޓް ކޮށްލައިގެން، ގަތަރުގައި ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އުރީދޫން ބުނެފައިވެއެވެ.

މި ޕްލޭންގެ ދަށުން މުޅި މަސް ދުވަހު ބޭނުންކޮށްލެވޭހެން 210 ޖީބީ ލިބިގެންދާއިރު، ސްޓްރީމިން ކުރުމަށާއި އާއިލާއާއި އެކުވެރިންނާއެކު ގުޅުން ބަދަހިކޮށްލާ ގޭމް ކުޅެލުމަށް މިއީ ވަރަށް ރަނގަޅު ޕްލޭން އަކަށް ވެގެންދާނެކަމަށް އުރީދޫން ބުނެފައިވެއެވެ.

މީގެއިތުރުން މި ޕްލޭންގެ ދަށުން ރެގިއުލާ ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީ، ބޯނަސް ޑާޓާގެ ގޮތުގައި ކޮންމެ ދުވަހަކު 2 ޖީބީ، ސޯޝަލް މީޑިއާ ބޯނަސް ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީ އަދި ބޯނަސް ޑާޓާ ސްޓްރީމިންގ ޑާޓާގެ ގޮތުގައިވެސް ކޮންމެ ދުވަހަކު 1 ޖީބީ ލިބެއެވެ. އެހެންކަމުން މިޅި ޖުމުލަ ދުވާލަކު 5 ޖީބީ ލިބެއެވެ.

މި ޕްލޭން އެކްޓިވޭޓް ކޮށްލުމަށް އުރީދޫ އެޕްލިކޭޝަންވެސް ބޭނުންކޮށްލެވޭނެއެވެ. އޭގެއިތުރަށް އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުންވެސް މި ޕްލޭންއަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އަދި 1#*929*އަށް ޑައަލް ކޮށްލައިގެންވެސް މި ޕްލޭން އެކްޓިވޭޓްކޮށްލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.