ފޮޓޯ: އުރީދޫ
ވިޔަފާރި
15 Sep 2022 | 21:03
އުރީދޫ ޕާސްޕޯޓާއި އެކު 200 އަށް ވުރެ ގިނަ ގައުމުގައި %90އާއި ހަމައަށް ރޯމިންގް އަގުތަކުން ޑިސްކައުންޓް!

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފައިވާ ޙާއްސަ ސިމް ކާޑް، 'އުރީދޫ ޕާސްޕޯޓް' މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ. 

އުރީދޫއިން ބުނީ، އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200+ އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެއް ކަމަށެވެ. 

"އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޙިދުމަތެއް. 200+ ގައުމުގައި ރޯމިންގ ރޭޓްތަކުން 90% އާއި ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ. 

އުރީދޫ ޕޯސްޓްޕެއިޑް ރޮމިންގް ކަސްޓަމަރުން އަދި އަލަށް ރޯމިންގް އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގް ގެ ޙިދުމަތް ހޯދާލުމަށް ގްރޭޓަރ މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރއަކަށް ވަޑައިގެން އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ޑޭޓާ ރޯމިންގް ހިދުމަތް ފަސޭހަކަމާއެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާ، އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ފޯނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިންގްސް ޙިޔާރު ކުރެއްވުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިންގް ހިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ، ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިންގް ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިންގް ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޙިދުމަތް ބެނުންކުރެވޭނެ ކަމަށެވެ. އަދި ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭންއަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އުރީދޫ ޕާސްޕޯޓާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ore.do/passport ޒިޔާރަތް ކުރެއްވުމަށް ވެސް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.