ހުޅުމާލޭގައި ހުންނަ ހެޔޮ ފިހާރަ-2
ވިޔަފާރި
17 Sep 2022 | 09:04
އަގުހެޔޮވާ ޕްރޮމޯޝަނަކާއެކު "ހެޔޮ ފިހާރަ-2" ހުޅުވައިފި

ކަސްޓަމަރުންނަށް 40 އިންސައްތައާއި ހަމަޔަށް ޑިސްކައުންޓުތައް ލިބޭ ބޮޑު ޕްރޮމޯޝަނަކާއެކު "ހެޔޮ ފިހާރަ-2" ހުޅުވައިފިއެވެ. 

ހެޔޮ ފިހާރަ-2 ހުންނާނީ ހުޅުމާލޭ 8 ވަނަ ނަންބަރު ނިރޮޅު ގޯޅީގައެވެ. 

އާ ފިހާރައާއެއްކޮށް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއްވެސް އެ ފިހާރައިންވެސް ވަނީ ފަށާފައެވެ. 

ފިހާރައިގެ މާކެޓިންގ މެނޭޖަރ އައިޝަތު އަމާލް ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި އެ ޕްރޮމޯޝަން މި މަހުގެ 30 އާއި ހަަމަޔަށް ކުރިއަށްދާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފިހާރައަށް ވަޑައިގެން ބައްލަވައިގަންނަ ކޮންމެ މުދަލަކުން 40 އިންސައްތައާއި ހަމަޔަށް ކަސްޓަމުންނަށް ޑިސްކައުންޓު ލިބިގެންދާނެކަމަށެވެ.

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރ-2 އިން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ޗިކަން ފިންގާސް، ޗިކަން ބާގަރ، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ. 

އައިޝަތު އަމާލް މައުލޫމާތު ދިން ގޮތުގައި ހެޔޮ ފިހާރައަށް ބުރެޒިލް,ތުރުކީ، ޔޫއޭއީ، އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކުން މުދާގެންނައިރު، އާންމުންގެ މެދުގައި އެންމެ މަގުބޫލު ބާވަތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮށި ކުކުޅެވެ. 

" އެންމެ ޚާއްސަ އެއްޗަކަށް އިންނާނީ ކޮށިކުކުޅު. ކުކުޅު ކޮށާފަ އަޅުގަނޑުމެންގެ އަމިއްލަ ޕެކިންގަ ޕެކްކޮށްފަ ހުންނާނީ"

މާކެޓިންގ މެނޭޖަރ އައިޝަތު އަމާލް

މާލޭގައި ހުންނަ ހެޔޮ ފިހާރަ-1 އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދޭނެއެވެ.

ހެޔޮ އިންވެސްޓްމެންޓުން ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކުންފުނީގެ 'ހެޔޮ ފިހާރަ 2' ހުޅުވާފައެވެ.  މިފިހާރައިން ވެސް އެކުންފުނިން ވިއްކަމުންދާ ހުރިހާބާވަތެއް ލިބޭނެ ކަމަށް އައިޝަތު އަމާލް ވަނީ މައުލޫމާތު ދީފައެވެ. 

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ވެބްސައިޓު heyofihaara.com އަދި ފޭސްބުކު ޕޭޖު މެދުވެރިކޮށް ބަލާލެވެން ހުންނާނެއެވެ. 

ބޭނުންފުޅުވާއެއްޗެއް ބައްލަވައިގަތުމަށް ފިހާރައަށްވެސް ވަޑައިގެންނެވޭނެއެވެ. އަދި ހެޔޮ ފިހާރައިގެ ނަންބަރު 9639444 އާއި ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެއްވޭނެއެވެ. 

2 އަހަރު ދުވަސްތެރޭގައި ހެޔޮ އިންވެސްޓްމެންޓްގެ 2 ވަނަ ފިހާރަ ހުޅުވާފައިވަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ އިތުބާރާއި އެއްބާރުލުމުން ކަން ފާހަގަކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް އައިޝަތު އަމާލް ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ