ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
19 Sep 2022 | 14:05
ހަތިޔާރާއެކު އެއްވެސް މީހަކު އެއާޕޯޓުން ހައްޔަރެއް ނުކުރޭ: ރައީސް ނަޝީދު

ވެލާނާ އިންޓަަނޭޝަލް އެެއާޕޯޓުން ހަތިޔާރާއެކު އެއްވެސް މީހަކު ހައްޔަރުކޮށްފަައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖާސޫސުކުރަން އުޅުނު މައްސަލަ ދެފުށް ފެންނާނެެހެން ތަހުގީގުކޮށް، އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުލުމާއި ގުޅިގެން، ކަންބޮޑުވުންފާޅުކުރައްވައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެެއާޕޯޓުން ހައްޔަރު ކުރި އިންޑިއާ ދެމީހުން ހައްޔަރު ކޮށްފައިވަނީ ހަތިޔާރާއެކު ކަމަށެވެ.

އަދި އެ މައްސަލަ އޮއްބާލުމަށް އިންޑިއާގެ އޮފިޝަލެއް ރާއްޖެ އައިސް ސަރުކާރަށް އަންގާފައިވާ ކަމަށާ، އެ އޮފިޝަލުގެ އެންގުމާއި އެއްގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވިއެވެ. އަދި އެއް މައްސަލައަކީ ގައުމީ ސަލާމަތާއި އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ ސަލާމަތާއި ވެސް ގުޅުން ހުރި ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމްގެ އެ ވާހަކަ ތަށް، މެދު ކަނޑާލައްވައި، އޭނާއަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ވެލާނާ އިންޓަަނޭޝަލް އެެއާޕޯޓުން ބަޔަކު ހައްޔަރުކުރުމުން އެކަން ހިނގާދިޔަ ގޮތް އެމަނިކުފާނު ސާފު ކުރެއްވި ކަމަށެވެ. އަދި ހަތިޔާރާއެކު އެއްވެސް މީހަކު އެއާޕޯޓުން ހައްޔަރުކޮށްފަައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


"އެއާޕޯޓުން އެއްވެސް މީހަކު ހަތިޔާރާއެކު އަތުލައިގެންފައިވާ ކަމަކަށް ނުވޭ. ތިވިދާޅުވި ބާވަތުގެ އެއްވެސް ކަމެއް، އަޅުގަނޑު މިމައްސަލަ އާއި ގުޅިގެން މައުލޫމާތު ސާފުކުރީމު، ތިބާވަތުގެ އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް ފާހަގަވެފައެއް ނެތް. އިއްޒަތްތެރި މެމްބަރު ވެސް ކަންކަން ހިނގާފައި އޮތްގޮތް ކަމަށް ވިދާޅުވާއިރު ކޮންމެ ވެސް މިންވަރަކަށް އެއާ ގުޅޭ ހަގީގަތެއް ސާފު ކުރުން އެއީ އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް." ރަައީސް ނަޝީދު ވިދާޅުވިއެވެ.


ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެވެސް ރާގު ހުރީ އެމައްސަލަ އޮއްބާލަން ސަރުކާރާއި އިންޑިޔާގެ ރާގު ހުރި ގޮތަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ އެމައްސަލައަކީ ގައުމުގެ ސަލާމަތާއި މުސްތަގުބަލާއި ގުޅިފައިވާ މައްސަލަ އެއް ކަމަށެވެ. 


"މިހާ ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން މިތިބީ މިކަމަށް ސަރުކާރުން އެޓެންޑްވާން ނުކުޅެދިފައި މިއޮތީ، ރައްޔިތުންނަށް ކޮން މުސްތަގުބަލެއްތޯ ސެކިއުއަ ކޮށްދެވޭނީ މިކަހަލަ ކަންކަމަށް އެޑްރެސް ނުކެރެވޭ ކަމަަށް ވަނީނަމަ. އަޅުގަނޑުމެންނަކީ މިނިވަން ގައުމެއްގެ ގޮތުގައި ކިހިނެއްތޯ ވާހަކަ ދައްކާނީ، މި އޮށްބޮޑު މައްސަލަ އޮއްބާލައިގެން ސަރުކާރުން މިއުޅެނީ، މިގައުމުގެ ފަތުރުވެރިކަމާއި މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އަވަށްޓެރި ގައުމުތަކާއި ގުޅިފައި އޮތް ކަމެއް. މިމައްސަލައިގައި ސްރީލަންކާގެ ފުލައިޓަކަށް ބޯޑް ކުރަން ތިބި ބައެއް މިމީހުންނަކީ." ޝިޔާމް ވިދާޅުވިއެވެ.


ބަޓަން ކެމެރާ ބޭނުންކޮށްގެން އެއަރޕޯޓުގައި ޖާސޫސުކުރަމުން ދިޔަ އިންޑިއާގެ ދެމީހަކު ވަނީ މިދިޔަ މަހުގެ 28 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ ދެ މީހެކެވެ. 

އެ މައްސަލާގައި ހައްޔަރު ކުރެވުނު ދެމީހުންގެ އަތުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވީ ނަމަވެސް، ފުލުހުން ބުނީ، އެ ހައްޔަރުކުރި މީހުންގެ އަތުން ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށެވެ. އަދި އެފަދަ އެއްޗެއް އެމީހުންގެ އަތުން ފެނިފައިވާކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލާގައި ހައްޔަރުކުރެވުނު ދެ މީހުން ބަންދާއި މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ދިހަ ދުވަސް ޖަހާފައެވެެ.

ކޮމެންޓް
މުޙައްމަދު ރަޝީދު
ގ. ކެނެރީގެ މުޙައްމަދު ނަޝީދު އަކީ މިޤައުމަށް ޖެހިފައިވާ އެންމެ ބޮޑު އެއް މުޞީބާތެވެ. އެކަމެއް ދަންނަ މީހަކަށެވެ.
19 Sep 2022
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.