ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
19 Sep 2022 | 13:15
ހުއްދަނެތި ޢަލީ ރަމީޒުގެ އަމިއްލަ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކަށް އިންޒާރެއް!

ރާއްޖޭގެ ފިލްމް އުފައްދާ ކުންފުންޏެއް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން، ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ، ޢަލީ ރަމީޒުގެ ހުއްދަ ހޯދުމެއްނެތި އޭނާގެ އަމިއްލަ ލަވައެއް، އެހެން މީހަކު ލައްވާ ކިޔުއްވައި އެ ކުންފުނީގެ ފިލްމެއްގައި ހިމަނަން މަސައްކަތް ކުރާތީ އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދެއްވައިފިއެވެ. 

ޢަލީ ރަމީޒު މިއަދު ފޭސްބުކް ގައި ލިޔުއްވި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ފިލްމު އުފައްދާ ކުންފުންޏަކުން އޭނާގެ އަމިއްލަ އުފެއްދުމެއް (ލަވައެއް) އޭނާ ކައިރީ އަހާލުމެއްވެސް ނެތި އެހެން މީހަކު ލައްވާ ކިޔުއްވައި، އޭގެ ރިމިކްސް ހަދައި، އޭގެ ވީޑިއޯ ހަދާފައިވާ ކަމަށެވެ. އަދި އެ ލަވަ އެމީހުންގެ ފިލްމަކަށް ލުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް، މީސްމީޑިއާގެ އެކި ޚަބަރުތަކުންނާއި، އެ ކުންފުނީގެ ފޭސްބުކް ޕޭޖުންވެސް އޭނާއަށް ކަށަވަރުވެފައިވާކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ.

"މިފަދައިން އަޅުގަނޑުގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާއިމެދު ޝަރުޢީ އަދި ގާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑު ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން. ވީމާ މީހުންގެ ހައްގު ތަކަށް އިހްތިރާމްކޮށް، މިފަދައިން ކަންތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް ދަންނަވަން." ޢަލީ ރަމީޒުގެ ޕޯސްޓުގައި ލިޔެފައިވެއެވެ. 

މީގެ އިތުރުން، ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަކުރުން ހުއްޓާލައި، ހެއްދެވި ފަރާތަށް ބިރުވެތި ވުމަށްވެސް ޢަލީ ރަމީޒުގެ އެ ޕޯސްޓުގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ޢަލީ ރަމީޒު މިފަދައިން ޕޯސްޓެއް ކުރައްވާފައި މިވަނީ އޭނާ ކުރިން ލަވަ ކިޔައި އުޅުނު އިރު ކިޔާފައިވާ ލަވައެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމެއްގައި ބޭނުން ކުރުމަށް، އެހެން ލަވަކިޔުން ތެރިއެއް ލައްވައި ކިޔުއްވައި، އެ ލަވަ އެ ފިލްމުގައި ބޭނުން ކުރާނެ ކަން އެ ކުންފުނިން އިއުލާން ކޮށްފައިވަނިކޮށެވެ. 

މީގެ ކުރިން ލަވަ ކިޔައި އުޅުނު ނަމަވެސް، ލަވަ ކިޔުން ހުއްޓާ ލުމަށްފަހު ޢަލީ ރަމީޒު އަންނަނީ އޭނާގެ އެއްވެސް ލަވައެއް، އަދި މިއުޒިކާއި ގުޅުން ހުރި އޭނާގެ އެއްވެސް އުފެއްދުމެއް، އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި އޭނާއަށް ތާއީދު ކުރާ ފަރާތެއް ނަމަ، އޭނާގެ އެއްވެސް ލަވައެއް އަޑު ނޭހުމަށްވެސް އޭނާ ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.  

ކޮމެންޓް
ނާޒިމާ
ދޮގެނއްވާ ނޫން. މީހުންގެ އެއްޗެހި އެމީހުންގެ ހުއްދައާ ނުލާ ކީއްވެ ބޭނުން ކުރަންވީ؟ މޭހުންގެ އަނބިން ކައިރިއަށް ސިއުން ކަހަލަ ކަމެއްތީ
19 Sep 2022
ފަރިޔާޟު
ތިހުންނަނީ ދެން ވަރަށް ދެރަ ކަންކަން. އެހެން މީހުންގެ އެއްޗެހި ބޭނުން ކުރާއިރު ހުއްދަ ހޯދަން ޖެހޭނެދޯ.
19 Sep 2022
ނާޒިމާ
އަސްލުވެސް އެއީ ދެން ބޮޑުވަރުދޯ. އަހާލުމެއް ކަހާލުމެއް ނެތި ހަމަ މީހުންގެ އެއްޗެހި އެ ބޭނުންކުރަނީ. ގައިމު މި މީހުންނަށް އެނގެންވާނެދޯ ކޮޕީރައިޓްސް ގާނޫނާ އޭތި މީތިވެސް.
19 Sep 2022
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.