ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ލެޑް ލައިޓް ހަވާލުކުރައްވަނީ- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
19 Sep 2022 | 14:08
ޗައިނާއިން މާލެއަށް 3،000 މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގުބައްތި (ޒަމާނީ ލެޑް ކައިޓް) މިއަދު ހަދިޔާކޮށްފި އެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މާލޭ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ކައުންސިލާ ހަވާލުކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލިޖިން އެވެ. މި ލައިޓް ތަކަކީ ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައި ހަދިޔާކުރި ލައިޓްތަކެއް ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި އަންނަ މަހު، ރާއްޖެ އާއި ޗައިނާގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭއިރު ދެ ގައުމުން އަބަދުވެސް ވަނީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް ހަމަހަމަ ކަމާއެކު އެ ގުޅުން ދެމެހެއްޓުމަށާއި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އެ ގުޅުމުގެ ސަބަބުން މާލެ ސަރަހައްދަށް ގިނަ ފައިދާތަކެއް ލިބިފައިވާކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި އުޅޭ މީހުންގެ ރައްކާތެރިކަމާއި ފަސޭހައަކަށް ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބުނު ހަދިޔާގެ ސަބަބުން މާލޭ އާއި ވިލިމާލޭގެ ހުރިހާ ބައްތިތަކެއް ޒަމާނަށް ފެތޭ ބައްތިތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތައް ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޭޔަރު މުޢިއްޒު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖްގެ މަޝްރޫއުއަށް އަލި އަޅުއްވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ