ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 10:30
ރަށްރަށަށް ގޮސް ރައީސް ވައުދުވި ކަންކަމުގެ ލިސްޓެއް އަޅުގަނޑުގެ އަތަކު ނެތް: އަސްލަމް

ރަށްރަށަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ލިސްޓެއް ނެތްކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ރައީސް ސޯލިހުގެ އެ ރަށަށް ވެލެއްވި އެއްވެސް ރިޔާސީ ވައުދުފުޅެއް މިހާތަނަށް ފުއްދަވާދެއްވާފައި ނުވާކަމަށެވެ. އަދި މާ އެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުވެސް މި ދައުރުގައި ނުވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެން ކަމަށް ވާއިރު، އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މަޝްރޫއުތައް ހިންގަވާކަމަށް ވިދާޅުވާއިރު، ދެން އެ ދާއިރާއަށް އޮތް ކަމަކީ ކޮބައިތޯ އާއި ރައީސްގެ ރިޔާސީ ވައުދުފުޅުތައް ދައުރު ނިމެންވާއިރަށް ފުއްދަވާނެތޯ އާމިރު ވަނީ އައްސަވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ ކުޑަހުވަދޫ ދާއިރާއަށް އެއްވެސްކަމެއް ވެފައި ނެތްކަމަށް ވިދާޅުވުމުން އެ ސުވާލަށް އާއެކޭ ނުވަތަ ނޫނެޖޭ ޖަވާދެއްވުމަށް ދަތިފުޅުކަމަށެވެ. 

މިނިސްޓަރުގެ ވާހަކައިގެ މެދުތެރެއިން އާމިރު ވަނީ ނިޒާމީ ނުގުތާއެއް ނަންގަވާފައެވެ. އަދި އޭނާ އެއްވެސް ކަމެއް މާނަކުރެއްވީ ރިޔާސީ ވައުދުފުޅުތަކަށްކަމަށް އާމިރު ވިދާޅުވިއެވެ. 

އާމިރުގެ ވާހަކަތަކަށްފަހު މިނިސްޓަރަށް ފުރުސަތު އެރުވުމުގެ ކުރިން އެ މައުލޫގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްވެސް ވާހަކަފުޅުދެއްކެވިއެވެ. 

ނަޝީދު ވިދާޅުވީ ރިޔާސީ ވައުދަތަކަށް ވާނީ މެނެފެސްޓޯގައި ލިޔެފައި ހުންނަ ވައުދުތައް ކަމަށެވެ. ރަށްރަށަށް ވަޑައިގެން ވާ ވައުދުތަކަކީ އަދި ރިޔާސީ ވައުދުތަކަށް ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. 

"އިއްޒަތްތެރި މެމްބަރު ވަރަށް ގިނައިން ވިދާޅުވޭ ރިޔާސީ ވައުދުގެ ގޮތުގައި ވެފައިވާ ވައުދުތައް. އާންމު އުސޫލެއްގައި ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތައް އެއީ އެ ޕާޓީތަކުގެ މެނެފެސްޓޯގައި ލިޔެފައިވާ ވާހަކަތަށް. އިއްޒަތތެރި މެމްބަރުން ވިދާޅުވޭ އެވެނި ރަށަކަށް މި ވެނި ރަށަކަށް ވަޑައިގެން މި ވެނި ވާހަކައެއް ވިދާޅުވިކަމަށް އެއީ، ވައުދެއްކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި ބަލާން މި ޖެހެނީ މެނެފެސްޓޯގައި ލިޔެފައިވާ ވައުދު. މީގެ ކުރީގައި ބައެއް ޕާޓީތަކުން ވިދާޅުވެފައި އެބަހުރި ބެނާތަކުގައި ތައްގަނޑުޖެހި ކުދިން ޖެހި އެއްޗެއްކަމަށްވެސް" 

މަޖިލީހުގެ ރައީސް ނަޝީދު 

ރައީސް ނަޝީދުގެ ވާހަކަތަކަށްފަހު އާމިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކުޑަހުވަދޫގައި 75 ހއުސިން ޔުނިޓު އެޅުމުގެ މަސައްކަތް ދާދި އަވަހަށް ޓެންޑަރ ކުރެވޭނެ ކަމަށެވެ. 

އެއާއެކު އަސްލަމް ވިދާޅުވީ ރަށްރަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެން ކަންކަމުގެ ލިސްޓެއް މިނިސްޓަރު އަތްޕުޅުގައި ނެތްކަމަށެވެ. އެހެންކަމުން މެމްބަރު އެއްސެވި ސީދާ ސުވާލަށް ޖަވާބެއް އަރުވަން ދަތުފުޅުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ވީ ވައުދުތަކުގެ ލިސްޓެއް އަޅުގަނޑު އަތަކު ނެތް. އެހެން ވީމާ ސީދާ ދަންނަވަން ދަތި މިވެނި ކަމެއް ވެއްޖެޔޭ ނުވަތަ މިވެނި ކަމެއް ނުވެޔޭ"

ޕްލޭނިން މިނިސްޓަރު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވެސް ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ މަހިބަދޫގެ ބިން ހިއްކުމާއި، މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދާތީ މިނިސްޓަރަށް ސުވާލު އަމާޒުކުރައްވާފައެވެ. 

ސަރުކާރުން ރަށްތައް ތަރައްގީކުރުމުގައި، ނުވަތަ މަޝްރޫއުތައް ހިންގުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ތާރިގު ވަީ ވިދާޅުވެފައެވެ. 

ތާރިގުގެ އެ ވާހަކަތަކަށްވެސް މިނިސްޓަރު އިންކާރުކުރެއްވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން ރަށްތައް ތަރައްގީ ކުރަމުންދަނީ އެރަށަކަށް އެންމެ ބޮޑަށް ޖެހިފައިވާ ބޭނުންތަކަށް ބަލައިގެންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.