މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 13:37
ޔޯގާ ހަރާންކޮށްގެން ނިކުތީ ރިޔާސީ އިންތިޚާބު ބޯމަތިވީމަ: ވަހީދު

ޒަމާންތަކެއް ވަންދެން ދިވެހިރާއްޖޭގައި ކަސްރތުގެ ގޮތުގައި ކުރަމުންދިޔަ ކަމެއްކަމަށްވާ ޔޯގާ ހަރަކާތް ހުއްޓުވުމަށް ނިކުތް ބަޔަކު ނިކުތީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތުމުންކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ގައުމީ ފަތުވާ މަޖިލިސް އެކުލަވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުންނެވެ. 

ވައްޑެގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، ދީން ހަތިޔާރަކަށް ބޭނުންކުރާ މީހުންނާއި، ދީނީ ޖަމުއިއްޔާތައް ހަދައިގެން ސިޔާސީ މަންފާތައް ހާސިލުކުރަމުންދާ އިލްމުވެރިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާކަމަށެވެ. އެގޮތުން ވަކި މަގްސަދެއް ހާސިލްކުރުމަށް ކަންކަން ހަރާމްކޮށް މީހުންގެ މެދުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާއި، އިންދިއާ ހައިކޮމިޝަން އަދި އިންޑިއާގެ ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ ދައުލަތުގެ ރަސްމީ އިންތިޒާމުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި، އެކަން ހުއްޓުވުމަށް ބަޔަކު ނިކުތީ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނާތީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ ސިޔާސީ މަންފާއެއް ހާލިކުރުމަށްކަމަށް ވަހީދު ވިދާޅުވިއެވެ.

"ދައުލަތުގެ ރަސްމީ އިންތިޒާމުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން (ޔޯގާ) ހިންގާ އެތައް ތަނެއް އެބަހުރި. އެތަންތަނަށް ފީ ދައްކައިގެން ކަސްރަތެއްގެ ގޮތުގައި އެތައް ސަތޭކަ ބަޔަކު އެތަންތަނުން ޚިދުމަތް ހޯދާތާ އެތައް ޒަމާނެއް ވެއްޖެ. ކުއްލިޔައަށް ރިޔާސީ އިންތިޚާބު އަނެއްކާވެސް ބޯމަތި ވީމާ ޔޯވާ ވެއްޖެ މާ ބޮޑު ހަރާމް ކަމަކަށް"

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވަހީދު ވިދާޅުވީ ރައްޔިތުންގެ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރޫ އަރާ ހިސާބަށް ދަނީ، ޚިޔާލު ތަފާތުކުރުންތައް އެއްގޮތް ކުރާނެ، އަދި އެކަންކަމާއި މެދު ގޮތް ކަނޑައަޅާނެ ދައުލަތުގައި ނެތުމުންކަމަށެވެ. 

ގައުމީ ފަތުވާ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރުވެސް އެކަމަށް އަޅާ ނުލެވި، އެ މަޖިލީސް ހުސްކަމެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމަކީ ހިތާމަ ކުރާކަމެއްކަމަށާއި، މުޖުތަމައުގައި ހަމަޖެހުން ގާއިމުކޮށް، ދީނީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް އެ މަޖިލީސް ވީ އެންމެ އަހަކަަށް އެކުލަވާލުމަށް ވަހީދު ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.