ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް
ހަބަރު
21 Sep 2022 | 13:43
ފްލެޓް ލިބޭ 40 ޕަސެންޓް މީހުން ހަމައަށް ކުލި ނުދައްކާ: އަސްލަމް

ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ މަހު ކުލި ނުދައްކާ 40 ޕަސެންޓު މީހުން އުޅޭ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރ ވިދާޅުވީ، މާލޭގައި ދިރިއުޅޭނެ ތަނެއް ނެތިގެން ހުޅުމާލެއިން ބިން ހިއްކައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ތަންތަން ދެނީ އަނބުރާ ފައިސާ ދައްކާ ގޮތަށް ކަމަށް ވިދާޅުވެ އަސްލަމް ވަނީ އެކަމުން ނުރަނގަޅު ނަތީޖާތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ ވަނީ އެތަންތަނުގައި ދިރިއުޅޭ ފަރާތަތަކުގެ ތެރެއިން 30-40 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ދައްކަންވާ ލާރި ހަމައަށް ނުދައްކާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އަތުގައި ޑޭޓާ އެބަހުރި. 30 ޕަސެންޓާ 40 ޕަސެންޓު މީހުން ޑީފޯލްޓުވޭ. ދައްކަންވާ ލާރި ހަމައަށް ނުދައްކާ. ލޯނެއް ނެގީމާ އެޗްޑީއެފްސީގެ ލޯނުގެ ޑީފޯލްޓަކީ ލެސްދޭން ވަން ޕަސެންޓު، ބޭންކް އޮފް މޯލްޑިވްސްގެ ލެސް ދޭން 2.5 ޕަސެންޓު. ސަރުކާރަށް ދައްކަންވީމަ އެމްބީއެލް އަކީ 30 ޕަސެންޓާ 40 ޕަސެންޓު،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، 200އެއްހާ ގެ އަޅައިގެން ސަރުކާރަށް އެކަން ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ހާހުން ގެ ނުވަތަ ފްލެޓު އަޅައިގެން އެކަން ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
މުޙައްމަދު ޞާދިޤް ޙަސަން
މަހުން މަހަށް ފައިސާ ދެއްކޭނެ ފަރާތެއްތޯ ނުބަލާ ކޮންމެ ބަޔަކުވެސް އުޅަެ ޕާޓީ ބަލާފައި އަވަހަށް ފްލެޓް ހަވާލު ކޮށްލަނީ ވޯޓް ދޭނެކަމަށް ބުނީމާ
21 Sep 2022
ޢަހަރެން
މުހައްމަދު ސަދިގް ކަހަލަގެ ރާއްޖެތެރެ މީހުންނާހެދި މިހެން ވަނީ
22 Sep 2022
މުހައްމަދު
ރައްޔިތުންގެ ޓެކްސް ފައިސާއިން ގާތްމީހުންނާއި ރައްޓެހިންނަށް ހައްގުނޫން މުސާރަޔާއި އިނާޔަތާއި ރައްކާތެރިކަމާއި ގެދޮރާއި ބިމާއި ފަޅުރަށްރަށް ދެމުންދާ އިރު ފްލެޓް ލިބުނު މީހުން ފައިސާ ދައްކަންޖެހޭ ސަބަބަކީ ކޮބާ؟!
25 Sep 2022
މުހައްމަދު
ނަސަންދުރަ ޕެލަސް ހޮޓަލާއި ރެސޯޓްތަކާއި ކުއްޔަށް ދިފައިހުރި ވިޔަފާރި ބިންތަކުން ގެއްލިގެންދާ ޓެކްގެ ވާހަކަ ދައްކަން ނުކެރިގެން އުޅެނީ ކީއްވެގެން!؟
25 Sep 2022
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.