ހައިކޯޓު-- ފޮޓޯ: އަދަދު
ހަބަރު
22 Sep 2022 | 10:25
ހައިކޯޓުން ޕީއެސްއެމަށް: މަސައްކަތް ހަވާލު ކުރާނީ "ކާށިއަޅަން ރުކަށް އަރާނެ މީހަކު ހޯދާ އުސޫލަކުން ނޫން"

އެކި ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ޖެހޭނީ "ކާށިއަޅަން ރުކަށް އަރާނެ މީހަކު ހޯދާ އުސޫލަކުން ނޫން" ކަމަށް ބުނެ، ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ހައިކޯޓުގެ ހުކުމެއްގައި ފާޑުކިޔައިފިއެވެ. 

ޕީއެސްއެމްގެ އެދުމަށް ބިގް ބޮކްސްގެ ފަރާތުން ޕީއެސްއެމްގައި 2018 ވަނަ އަހަރު ޕޮލިސް ޕޯސްޓެއް ހެދި ކަމަށް ބުނެ 2.3 މިިލިއަން ރުފިޔާ ހޯދަން 2019 ވަނަ އަހަރު އެ ފަރާތުން އެދުމުން، އެ ފައިސާ ދޭން ޕީއެސްއެމުން ދެކޮޅު ހެދީ އެކަމާ ބެހޭ ލިޔުންތައް އެ ކުންފުނީގައި ނެތުމުންނާއި އެފަދަ ތަނެއް އިމާރާތް ނުކުރާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބިގް ބޮކްސް ގެ ފަރާތުން ސިވިލް ކޯޓުގައި ހުށަހަޅާފައިވާއިރު ސިވިލް ކޯޓުން ނިންމާފައި އޮތީ އެ މަސައްކަތް ހަވާލުކުރިކަން އެނގޭނެ ހެއްކެއް ނެތުމުން އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި ބިގް ބޮކްސްގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު ހައި ކޯޓުން ވެސް އިއްޔެ ނިންމީ ސިވިލްގެ އެ ހުކުމް ރަނގަޅު ކަމަށެވެ.

ހައިކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

މި މައްސަލާގެ ހުކުމުގައި ފަނޑިޔާރު ހުސައިން މަޒީދު ލިޔުއްވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއިން އާމްދަނީއާއި މާލީ އެހީ ހޯދާ ގޮތްތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދޭ ފައިސާއާއި، ޕަބްލިކް ސަރވިސް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުންދޭ އެހީއާއި، ޕަބްލިކް ސަރވިސް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ގެރެންޓީކޮށްދީގެން ހޯދާ ލޯނުގެ ފައިސާވެސް ހިމެނޭކަން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު އެނގޭކަމަށެވެ. ވުމާއެކު ޕީއެސްއެމަކީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ ތަނަކަށް ވާއިރު، އެ ތަނުގެ ފައިސާއާ ބެހޭ ކަންކަން ހިނގަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

އެކަމަކު އެ ކުންފުނީގެ ފަރާތުން ފައިސާ ހޯދުމުގެ އިތުރު ހަތަރު މައްސަލައެއް ހައި ކޯޓުގައި މިހާރު ވެސް އެބައޮތްކަމަށާ، ޕީއެސްއެމުން އެކި ފަރާތްތަކާ މަސައްކަތް ހަވާލު ކުރަންވާނީ ކާށި އަޅަން މީހުން ހޮވާ އުސޫލުން ނޫން ކަމަށް ފަނޑިޔާރު ހުސައިން މަޒީދު އެ ހުކުމުގެ ލިޔުއްވާފައިވެއެވެ.

"ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެކި ފަރާތްތައް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަކީ ވިޔަފާރިވެރިއަކު ކޮންޓެއިނާ އެއް ހުސްކުރުމަށް ނުވަތަ ފިހާރައަކަށް މުދާ ވައްދަން މަގުމަތިން މަޖޫރީއަކު ހޯދާހެން ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ،" ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

"އެހެން އިބާރާތަކުން ބުނާ ނަމަ، މީހަކު އޭނާގެ ގޯތީގައި ހުރި ރުކަކުން ކާށިއަޅަން ރުކަށް އަރައިދޭނެ މީހަކު ހޯދާ ފަދައަކުން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ."

ފަނޑިޔާރު މަޒީދު ލިޔުއްވާފައިވާ ގޮތުން ޕީއެސްއެމްގެ އިސްވެރިން ބޭނުންހާ ގޮތަކަށް ފައިސާ ހަރަދުކޮށް، މުއާމަލާތް ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ އެވެ. އެފަދަ ކަމެއް ކުރީ އެ ތަނުގެ ވެރިއަކު ކަމަށް ވިޔަސް ނުވަތަ މުވައްޒަަފަކު ކަމަށް ވިޔަސް، ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް