09 Jan 2019 | 12:38
100 ރުފިޔާ ބޮޑުވެގެން ޝަކުވާ ކުރަނީ މަދުބަޔެއް: ޓެކްސީ ޑްރައިވަރުން

މާލެއާއި ހުޅުމާލެއާއި ދެމެެދު ކުރާ ދަތުރުތަކަށް 100ރުފިޔާ ނެގުމުން، އެ އަގު ބޮޑުވެގެން ޝަކުވާ ކުރަނީ އާންމުންގެ ތެރެއިން މަދު ބަޔެއްކަމަށް ޓެކްސީ ދުއްވާ ފަރާތްތަކުން ބުނެފިއެވެ.

ބައެއް ޓެކްސީ ޑްރައިވަރުން މިހެން ބުނެފައިވަނީ ޓެކްސީގެ ޚިދުމަތާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން، ދަރުބާރުގޭގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަމުންނެވެ.

ޓެކްސީ ޑްރައިވަރުން ބުނީ ކޮޅަކަށް ސަތޭކަ ރުފިޔާ ނެގުމުން ޝަކުވާ ކުރަނީ މަދުބަޔެއްކަމަށާއި ބައެއް އާންމުންގެ ފަރާތްތަކުން އަމިއްލައަށް ދަތުރުނިންމާފައި 150 ރުފިޔާވެސް ދީފައިވާކަމަށެވެ. 

ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި 100 ރުފިޔާ އަކީ ދަތުރަކަށް ބޮޑު އަަދަދެއް ނޫނެވެ. ސަބަބަކީ ދިރިއުޅުމުގެ ޚަރަދާއި ތަކެތީގެ އަގު ބޮޑުވުމެވެ. އެގޮތުން ގެދޮރުގެ ކުއްޔާއި ދިރިއުޅުމުގެ ޚަރަދުގެ އިތުރުން ކާރުގެ މަރާމާތާއި އެހެނިހެން ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަމަށް ޑްރައިވަރުން  ރޭ ވަނީ ބުނެފައެވެ.

ރޭގެ ފޯރަމްގައި ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ވަނީ މާލޭގައި މިހާރު ކުރާ ދަތުރުތަކަށް ނަގާ 25 ރުފިޔާއަކީވެސް މާ ކުޑަ އަގެއްކަމަށް ބުނެފައެވެ. އަދި ހުރިހާ ހަރަދެއް ކެނޑުމަށްފަހު އެކަށީގެންވާ އާމްދަނީއެއް ނުލިބޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ރޭ ބައެއް އާންމުންގެ ފަރާތްތަކުން ވަނީ ޓެކްސީގެ ހިދުމަތާއި ބެހޭ ގޮތުން ޝަކުވާތައް ބަންޑުންކޮށްލާފައެވެ.

އެގޮތުން ދަތުރުވެެރިންނާއި މެދު ބޭއަދަބީ ގޮތްތަކަށް އަމަލުކުރުމާއި، ހުއްޓަންވީ ތަންތަން ނޫން އެހެން ތަންތަނަށް ހުއްޓުވާފައި މީހުން ބޭލުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

ރޭގެ ފޯރަމް ނިމުނަސް، ޓެކްސީގެ އަގުތަކާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެގޮތުން އީމެއިލް އާއި ފޯނު އަދި ލިޔުމުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.