ނައިބު ރައީސް ފައިސަލް ނަސީމް
ހަބަރު
05 Sep 2022 | 23:23
ދަރިވަރުން ތަރުބިއްޔަތު ވަނީ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން: ނައިބު ރައީސް

ސްކޫލެއްގެ ދަރިވަރުން ތަރުބިއްޔަތު ވަނީ އެ ސްކޫލެއް ހުންނަ ގޮތަކުން ނޫން ކަމަށް ވިދާޅުވެ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި "ކާމިލް ދީދީ ސުކޫލް" އަށް ނިސްބަތްވަމުންދާ ފާޑުކިޔުންތަކަށް ނާއިބު ރައީސް ފައިސަލް ނަސީމް ރައްދުދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ހޭދަކޮށްގެން އިމާރާތް ކުރި މި ވަގުތީ ސްކޫލަށް "ޓިނު ސްކޫލް" ގެ ނަމުން ނަންދީ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފަށާފައިވަނީ އިއްޔެ ހުޅުވި އެ ސްކޫލުގެ އިމާރާތްކުރުމުގައި ގިނަ އަދަދެއްގެ ޓިނު ބޭނުންކޮށް ވަގުތީ ހިޔާއެއްގެ ސިފަ ފެނިފައިވާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ނައިބު ރައީސް މި ފާޑުކިޔުންތަކަށް ރައްދުދެއްވާފައިވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރުގެ ހަނދާނުގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ފައުންޑޭޝަނުން އުފެއްދި "އުމަރު ޒާހިރު – ނަމޫނާ ޝަހުސިއްޔަތެއް" ފޮތް ނެރެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

"ސުކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރީތި ސިފަތައް ކުދީންގެ ކިބައިގައި އަށަގަންނަނީ އެ ސުކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން. ޖަހާފައި ހުންނަ މުއްޓަކުންނެއް ނޫން. ފުރާޅުގައި ޖަހާފައި ހުންނަ ޓިނާއި ކުލައަކުން ނޫން. އެހެން ނަމަވެސް އެ ސުކޫލެއްގެ، ހާއްސަކޮށް ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން،" ފައިސަލް ވިދާޅުވި އެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވާ ސްކޫލަކީ ވަގުތީ ސްކޫލެއް ނަމަވެސް ރާއްޖޭގެ އެންމެ ފުރަތަމަ  ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރު ހެންވޭރުގޭ އަހުމަދު ކާމިލް ދީދީގެ ނަންފުޅުގައި ހުޅުވި "ކާމިލް ދީދީ ސުކޫލް" އިމާރާތް ކޮށްފައިވާ ގޮތުން އެބޭފުޅާގެ ނަން އެ ސްކޫލަށް ދިނުމަކީ ކުރެވުނު ބޭއިންސާފެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.