ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
23 Sep 2022 | 11:08
ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް، ވަޟުއީ ގާނޫނުގެ ދަށުން ކުޅޭ ކުޅޭ އެއްޗަކަށް ހަދައިފި: ޢަލީ ރަމީޒު

ބޮޑެތި ޖަރީމާތަކަށް އިސްލާމްދީނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް، ވަޟުއީ ގާނޫނުތަކުގެ ދަށުން ކުޅޭ ކުޅިވަރަކަށް ހަދައިފި ކަމަށް ވިދާޅުވެ ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ދިނުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަދަބު، ދޫކޮށް، ވަޟުއީ ގާނޫނުގެ ދަށުން އެއް ކުށެއް ކުރި އެކި މީހުންނަށް އެކި އަދަބު ދެމުންދާ މި ދަނޑިވަޅުގައި، އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތް ﷲގެ ހުކުމްތައް ބޮލާލާޖަހައި، ބޮޑެތި ޖަރީމާތަކަށް އިސްލާމްދީނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް، ވަޟައީ ގާނޫނުތަކުގެ ދަށުން ކުޅޭ ކުޅިވަރަކަށް ހަދައިފި ކަމަށެވެ. 

އަދި އެފަދައިން ކަންތައް ކޮށްފައި، މާތް ﷲ ގެ ދަރުބާރުގައި ހުއްޓި ހުންނަންޖެހޭ ދުވަހު ދައްކާނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށާ، އެދުވަހުން އިންސާފު ގާއިމް ކުރެވޭނެ ކަމަށްވެސް އަލީ ރަމީޒު ވިދާޅުވިއެވެ. 

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ދަޢުވާ އުފުލި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ, އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަށް އައީ ތިން މަހާއި 26 ދުވަހަށް ގޭބަންދުގެ ހުކުމެކެވެ.

އެއް ކުށެއް ކުރި ދެމީހުންނަށް އިއްވާފައިވާ ހުކުމުގެ ފަރަގު މިހާ ބޮޑުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށާއި، އެ ހުކުމް ކުރި ގާޒީންނަށް އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.