މިސްކިތެއްގައި ހުކުރު ޚުތުބާ ދެނީ
ހަބަރު
23 Sep 2022 | 13:09
އެންމެންގެ ސަލާމަތަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ: ޚުތުބާ

ތިމާ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ. 

"ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުން" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި އިންސާނާގެ ނަފްސުގެ ދަރަޖަ މަތިވެރި ކުރައްވައި އެ ނަފްސަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގަވާފައިވާކަމަށެވެ.

އަދި އަހަރެމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ސަލާމަތީ ސަބަބު ތަކުގައި ހިފަހައްޓައިގެން ކަމަށް ވާއިރު، މިއަދު ގިނަ ބަޔަކު ވަނީ އެކަމާއިމެދު އިހުމާލު ވެފައި ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ގޯތި ގެދޮރު އެޅުމުގައި ފަރުވާ ކުޑަކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން ގޯތި ގެދޮރު އެޅުމުގަޔާއި، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތައް ބޭނުން ކުރުމުގަޔާއި، މޫދަށް އެރުމާއި، ފީނުމާއި، އެއްގަމު ދުއްވާ އުޅަނދުތައް ދުއްވުންފަދަ އެންމެހައި ކަންތައްތަކުގައިވެސް އަހަރެމެން ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

"މިފަދަ ކަންކަމުން އިހުމާލުވެއްޖެނަމަ، އޭގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާ އަކާމެދު ވިސްނަންޖެހޭނެއެވެ. ތިމާއާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެހެން ކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ. އެ ގަވާއިދު ތަކާއި ޚިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެ ނަމަ އެކަމުގެ ޒިންމާވެސް އުފުލަންޖެހޭނެ އެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން، މަގުމަތީގައި ހިނގާ މީހުންނަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށް މަގުމަތި ސާފުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ފިޔަވަޅެއް ކަމަށާ، އަދި އެއީ އީމާންކަން ފުރިހަމަ ވުމުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން ސަލާމަތީ ސަބަބު ތަކުގައި ހިފައި، މުދަލަށާއި ފުރާނައަށް ލިބިދާނެ ގެއްލުން ތަކުން ސަލާމަތްވުމަށް ދުއާކޮށް ޒިކުރު ކުރުންމަތީ ތިބުމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
އަލީ
ޚުތުބާގެ މަޤްސަދާއި އޭގެ މަފްހޫމް އޮޅުވާލުން ނޫންކަމެއް ތިޔަ ޚުތުބާއިން ދޭހައެއްނުވި.
23 Sep 2022
ގުޅޭ ލިޔުންތައް
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ