އެމްޑީ އަލަމްގިރި/ ފޮޓޯ: ސަން
ހަބަރު
23 Sep 2022 | 14:17
އަލަމްގިރްގެ މައްޗަށް އުފުލި 40 ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވުމާއި ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރީގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.

ޕީޖީ އޮފީހުން, ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވެއެވެ.

މި ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު 10:00 ތާވަލް ކޮށްފައި ވާ އިރު ޝަރީއަތުގެ އެ އަޑުއެހުން ކުރިއަށް ގެންދާނީ ސިއްރު ކޮށްގެންނެވެ.

އަލަމްގިރީގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ އޭނާ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. 

އެ ވީޑިއޯތަކުގައި އަލަމްގިރި ރާއްޖޭގެ މަޝްހޫރު ސިޔާސީ ފަރާތްތަކާ ހައިޕްރޮފައިލް ފަރާތްތަކާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެނިގެންދެއެވެ. މީގެ އިތުރުން ވެސް އޭނާ އާއިއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ ތެރޭގައި ދިފާއީ ބާރުތަކުގައި މަސައްކަތް ކުރާ ފަތާތްތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން ބައެއް ސުކޫލުތަކުގެ މުދައްރިސުންވެސް ހިމެނެއެވެ. 

އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް ވަނީ 3 މަސް ދުވަހުގެ ގޭ ބަންދުގެ ހުކުމެއް ކޮށްފައެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެމަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު, އިތުރު ބައެއް މީހުންގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. 

އާންމު ވީޑިއޯތަކާއި ގުޅިގެން އަލަމްގިރި ފުލުހަށް ހާޒިރުކޮށް ހިންގި ތަހުގީގަށް ދިން ބަޔާނުގައި އޭނާވަނީ 50އަށްހުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށާއި، އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ވަގުތު ވީޑިއޯކުރިކަމަށް އިއުތިރާފުވެފައެވެ. 

އެހެން ނަމަވެސް އެ ވީޑިއޯތައް ބޭނުންކޮށްގެން އެއްވެސް މީހަކު ބްލެކްމެއިލް ކުރަން މަސައްކަތްކޮށްފައި ނުވާނެކަމަށް އަލަމްގިރި ވަނީ ބުނެފައެވެ. އަދި އެ ވީޑިއޯތައް ހެދީ އޭނާ ގެންގުޅުނު ފޯނެއް ބޭނުންކޮށްގެންކަމަށާއި، އެފަހުން އެ ފޯނުގައި ހުރި ވީޑިއޯތައް ޑިލީޓުކޮށްފައިވާނެކަމަށް އަލަމް ގިރި ވަނީ ބުނެފައެވެ. 

އޭގެ އިތުރުން އަލަމްގިރި ބުނީ އޭނާ ނާޒިމް ސައްތާރާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން، އޭނާގެ ފޯނު އޮތްތޯ ބެލިއިރު، އެ ނެތް ކަމަށާއި، ވީޑިއޯތައް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލްކުރީ ފޯނު ވަގަށް ނެގި ފަރާތުން ކަމަށް ބެލެވޭކަމަށެވެ. 

ބްލެކްމެއިލްކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ އޮފިސަރެއްވެސް ވަނީ މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފައެވެ. އެމީހާއަކީ އަލަމްގިރި ދިރިއުޅެމުން ދިޔަ ގޭގެ ވެރިފަރާތުގެ ކޮއްކޮގެ ފިރިމީހާކަމަށް މައުލޫމާތު ލިބެއެބެ. އެހެން ނަމަވެސް އަލަމްގރިީގެ ފޯނު ވަގަށް ނެތީ ސީދާ އެމީހާކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.