10 Jan 2019 | 00:26
އިސްލާމްދީނަށް ފާޑުކިޔާ ފަރާތްތަކަށް ފިޔަވަޅުއަަޅާނަން: ފުލުހުން

އިސްލާމްދީނަށް ތައުހީންކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަަޅަންޖެހޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ބުނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ކުރަމުންދާ ބައެއް މުޢާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަޙަތަށް ބުރޫއަރާ ފަދަ ބަސްމަގު ބޭނުންކުރާކަން ވަނީ ފާހަގަ ކުރެވޭކަމަށެވެ. އަދި މިފަދަ ބައެއް މުޢާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭފަދަ ބަސްމަގު ބޭނުންކުރާކަން ފާހަގަކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިސްލާމްދީނަށް ތައުހީންކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑުކިޔާ ފަރާތްތަކާއި އަދި އެފަދަ ޢަމަލުތަކާއި ގުޅިގެން ވަކިވަކި ފަރުދުންގެ މުދަލާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުންވަނީ މި ބަޔާނުގައި ފާހަގަކޮށްފައެވެ.

މިފަދަ މައްސަލައަކާއި ގުޅިގެން ވަކި ފަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުންދޭނެކަމުގެ އިންޒާރު މީސް މީޑިއާގެ ޒަރީޢާއިންނާއި އެނޫން ގޮތަކަށް ލިބިފައިވާނަމަ އެކަން ހުށަހެޅުއްވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

މި ބަޔާނުގައި ފުލުހުންވަނީ މީސް މީޑިއާ ބޭނުންކުރައްވާ ފަރާތްތަކާ ޖުމްލަކޮށް ހުރިހާ ރައްޔިތުންވެސް، ރައްޔިތުންގެ މަސްލަޙަތާއި، އަމަންއަމާންކަމާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެހެންމީހުންގެ އިހުސާސްތަކާއި މުޖުތަމަޢުގެ މަސްލަހަތުތަކަށް އިހުތިރާމްކުރުމުގެ ސަޤާފަތެއް ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
16 Jun 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.
16 Jun 2026
އެސްޓީއޯ އިން ފިޔާ ކިލޯއެއް 13ރ އަށް، އަންނަ ހަފްތާގައި ހޯލްސޭލުކޮށް ފިޔާ ދޫކުރާނެ
އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިން ވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް ވެސް ބުންޏެވެ.
16 Jun 2026
އަނެއްކާ ވެސް ހިމަބިހި ކޭސްތަކެއް: 489 ކޮންޓެކްޓުން، ގިނައީ ދިވެހީން
އަދި މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވި މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާ ކުރަމުންނެވެ.
16 Jun 2026
އެންމެ ދިދައެއް ފިޔަވާ ހުރިހާ ގައުމެއްގެ ދިދަތައް ވިނަގަނޑުމަތީ, މި ދިދަ ޚާއްސަ
މި މަންޒަރުތައް ސައުދި އަރަބިއްޔާގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން ފެންނާނެ އެވެ. މިއީ މި ފަހަރުގެ ވޯލްޑްކަޕްގައި ފެންނާނެ ތަފާތު މަންޒަރެކެވެ
16 Jun 2026
އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ
އައިޔޫއެމް ލީގަލް ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމާއި، މައްސަލަތަކާ ގުޅޭ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އެއްބަސްވުންތައް އެކުލަވާލުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކޮށްދިނުމުގެ ޚިދުމަތްވެސް މި ކްލިނިކުން ލިބިގެންދާނެއެވެ.
16 Jun 2026
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް ފަށައިފިން: އިހްސާން
ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
16 Jun 2026
ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ