ރައީސް މުހައްމަދު ނަޝީދު--ފޮޓޯ: ވޮއިސް, ވަސީމް
ހަބަރު
09 Sep 2022 | 21:16
ރާނީ އެލިޒަބަތަކީ ދުނިޔެދުއް އެންމެ ވަރުގަދަ އަންހެން ވެރިޔާ: ރައީސް ނަޝީދު

ރާނީ އެލިޒަބަތަކީ ދުނިޔެދުއް އެންމެ ވަރުގަދަ އަންހެން ވެރިޔާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު ދެވަނަ، އަވަހާރަ ވުމާއި ގުޅިގެން އިނގިރޭސި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެެއްގައެވެ. އަދި ނަސްލަކަށް ކުލައަކަށް ނުބައްލަވާ އެކަމަނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި ގުޅުން ބަދަހި ކުރުމަކީ ދެވަނައެއް ނެތް ފަދަ މިސާލެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި ކިޔަވަވައި ވަޑައިގެން އަދި ހަޔާތުގެ ގިނަ ދުވަސްތަކެއް އެ ގައުމުގައި ހޭދަ ކުރައްވާފައިވާ ރައީސް ނަޝީދަކީ އެ ގައުމާ ދެމެދު އަބަދުވެސް ވަރުގަދަ ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

ރާނީ އެލިޒަބަތު އަވަހާރަ ވެފައިވަނީ އިއްޔެ އެކަމަނާގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނުމުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ބީބީސީއިން އާންމުކުރި ގޮތުގައި އެކަމަނާ އަވަހާރަ ވެފައިވަނީ އިނގިރޭސި ވިލާތުގެ ގަޑިން އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.