ހެޔޮ ފިހާރައިގެ ޕޯސްޓަރެއް/ ފޮޓޯ: ހެޔޮ ފިހާރަ
ވިޔަފާރި
26 Sep 2022 | 09:22
"ހެޔޮ ފިހާރަ" އިން އަނެއްކާ ކުކުޅު އަގުހެޔޮކޮށްފި!

"ހެޔޮ ފިހާރަ" އިން ކުކުޅު އަގުހެޔޮވެއްޖެއެވެ. 

ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވިދާޅުވީ، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.

"މިހާރުއަނެއްކާވެސް މިވަނީ އެ ފިހާރައިން ވިއްކާ ފިނިކުރި ކުކުޅާއި އެހެން އެއްޗެހި ބޮޑު ތަނުން ހެޔޮ ކޮއްފައެވެ.

ހެޔޮ ފިހާރައިން މިވަގުތު ގަންނަން ލިބޭ ކޮށިކުކުޅުގެ އަގުތައް:

• ކުރިން 570ރ. ވިއްކި1000ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 515ރ. އަށް

• ކުރިން 670ރ. ވިއްކި 1200ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 620ރ. އަށް

• ކުރިން 770ރ. ވިއްކި 1400ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 680ރ. އަށް

• މީގެ އިތުން އެފީހާރައިން ވިއްކަމުންދާ ކުކުޅު ކޭސް މިވަނީ ކޭސް އަކުން 60ރ ކުޑަކޮއްފައެވެ.

• ކުރިން545ރ. ވިއްކި 1000ގ ގެ ކުކުޅު ކޭސް މިހާރު 485ރ. އަށް

• ކުރިން 650ރ. ވިއްކި 1200ގ ގެ ކުކުޅު ކޭސް މިހާރު 585ރ. އަށް

ހެޔޮ ފިހާރައިން ލިބެން ހުންނަ ކޮށި ކުކުޅު

• ކުރިން 740ރ. ވިއްކި 1400ގ ގެ ކުކުޅު ކޭސް މިހާރު 658ރ. އަށް

އާމާލް އިތުރަށް ވިދާޅުވީ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކުގެ އިތުރުން ފިނި ކުރި އެހެން ބާވަތްތައް އަގުހެޔޮކޮން އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އަބުދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލް ކޮން ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުންމަކީ އެ ފިހާރަގެ އަމާޒެކެވެ. 

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރަ އަދި ހެޔޮފިހާރަ 2 ކުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ޗިކަން ފިންގާސް، ޗިކަން ބާގަރ، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ. 

ހެޔޮ ފިހާރައިން ލިބެން ހުރި ފްރޯޒަން ތަރުކާރީ 

އައިޝަތު އަމާލް މައުލޫމާތު ދިން ގޮތުގައި އާންމުންގެ މެދުގައި އެންމެ މަގުބޫލު ބާވަތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮށި ކުކުޅެވެ.

 " އެންމެ ޚާއްސަ އެއްޗަކަށް އިންނާނީ ކޮށިކުކުޅު. ކުކުޅު ކޮށާފަ އަޅުގަނޑުމެންގެ އަމިއްލަ ޕެކިންގަ ޕެކްކޮށްފަ ހުންނާނީ"

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދޭނެއެވެ.

ހެޔޮ ފިހާރައިން ލިބެން ހުރި ބީފް

ހެޔޮ އިންވެސްޓްމެންޓުން ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކުންފުނީގެ 'ހެޔޮ ފިހާރަ 2' ހުޅުވާފައެވެ. ހެޔޮ ފިހާރަ-2 ހުންނާނީ ހުޅުމާލޭ 8 ވަނަ ނަންބަރު ނިރޮޅު ގޯޅީގައެވެ.   މިފިހާރައިން ވެސް އެކުންފުނިން ވިއްކަމުންދާ ހުރިހާބާވަތެއް ލިބޭނެ ކަމަށް އައިޝަތު އަމާލް ވަނީ މައުލޫމާތު ދީފައެވެ. 

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ވެބްސައިޓު heyofihaara.com އަދި ފޭސްބުކު ޕޭޖު މެދުވެރިކޮށް ބަލާލެވެން ހުންނާނެއެވެ. 

ބޭނުންފުޅުވާއެއްޗެއް ބައްލަވައިގަތުމަށް ފިހާރައަށްވެސް ވަޑައިގެންނެވޭނެއެވެ. އަދި ހެޔޮ ފިހާރައިގެ ނަންބަރ 9639444 އާއި ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެއްވޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ