ފޮޓޯ: ޖަމިއްޔަތުއްސަލަފް
ހަބަރު
25 Sep 2022 | 15:57
ޖަމިއްޔަތުއް ސަލަފްގެ ރިޙްލާ މި އޮކްޓޯބަރ މަހު ރ.އަތޮޅުގައި!

ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ "ސަލަފްރިޙްލާ" ގެ ހަތްވަނަ ޕްރޮގްރާމް މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ، ސަލަފްރިޙްލާ 2022 މި އަންނަ އޮކްޓޯބަރ މަހުގެ 6 ން 9 ށް ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރުގެ ރިޙްލާގައި ޖުމުލަ 15 ޢިލްމުވެރިންނާއި 2 ޑޮކްޓަރުންގެ އިތުރުން، އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު، ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހު އަލުން މިވަނީ ފެށިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.