ލެ-އަމީގޯސްގެ ޓާކޯސް
ވިޔަފާރި
29 Sep 2022 | 15:44
"މެކްސިކަން ފުޑް" ކަންޏާ ދާންވީ ލަ-އަމީގޯސްއަށް!

ދިވެހި ރާއްޖޭގައިވެސް "މެކްސިކަން ފުޑް" ގެ ރަހަތަށް ތަޖުރިބާކޮށްލަން ބޭނުންވާ ޒުވާނުން މަދެއް ނޫނެވެ.  

މީރު ޓާކޯސްއެއް ނޫނީ ނާޗޯސްއެއް ކެއުމުގެ ކޮންމެސް އެއް ގަޑިއެއްގައި ހިމަނާލުމަކީ މިހާރު ހަމަ "މަސްޓު" ކަމަކަށް ވެއްޖެއެވެ. 

އެހެން ނަމަވެސް އަދި މި ބާވަތުގެ ކެއުންތައް ރެސްޓޯރެންޓުތަކުގައި އެހާ އާންމެއް ނޫނެވެ. އަމުދުންވެސް "އޮތެންޓިކް މެކްސިކަން ފުޑް" ލިބެން ނުހުންނަކަމީ އެ ކެއުމަށް ލޯބިކުރާ ޒުވާނުންގެ ޝަކުވާއެކެވެ. 

އެހެން ނަމަވެސް މިފަހުން ހުޅުމާލޭގައި ހުޅުވި "ލެ-އަމީގޯސް" އާ އެކު އޮތެންޓިކް މެކްސިކަން ފުޑް ގެ ރަހަތަކަށް ކުރަމުން އައި އިންތިޒާރު ގާތް ގަނޑަކަށް ހެން އެ އޮތީ ނިމުމަކަށް އައިސްފައެވެ. 

މިއީ ހަމަ ބުނެލާ ވާހަކައެއް ނޫނެވެ. މިއީ ރެސްޓޯރެންޓަށް ޒިޔާރަތްކޮށް، އެތަނުގެ ރަހަތަށް ތަޖުރިބާ ކުރުމަށްފަހު ބުނާ ވާހަކައެކެވެ. 

އެ ރެސްޓޯރެންޓަށް ވަދެވުމާއެކުވެސް މެކްސިކޯގެ ވައްޓަފާޅި ހުރިކަން އިހުސާސް ކުރެވުނެވެ. ރެސްޓޯރެންޓު ފަރުމާކޮސށްފައިވާ ގޮތާއި، ތަނުގައި ހުރި މިއުޒިކާއެކު މެކްސިކޯ ވަންތަ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ވަދެގެން ދިޔައިރު ހިނިތުން ވުމާއެކު އެ ކީ މަރުހަބާއަކީ މި ފަހަކަށް އައިސް ރެސްޓޯރެންޓަކުން ތަޖުރިބާ ކުރެވިފައި ނުވާވަރުގެ މެހެމާންދާރީއެކެވެ. 

ރެސްޓޯރެންޓުގައި އިނށީދެ ހަމަޖެހިލުމާއެކު އެ ގެނައީ މެކްސިކޯގެ އެކި ވައްތަރުގެ ކާއެއްޗެހި އެކުލެވޭ މެނޫއެކެވެ. މީގެ ކުރިން އަޑުއިވިފަ ނުވާ ބާވަތްތައް އެ މެނޫގައި ހުއްޓެވެ. 

ނާޗޯސް އާއި ޓާކޯސް އަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ބާވަތްތައް ނަމަވެސް މެކްސިކަން ފުޑް ގެ ރަހަތަށް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް "މަސްޓް ޓްރައި" އެތައް ވައްތަރުތަކެއް އެ މެނޫގައި ހުއްޓެވެ. 

ކަން ދިމާކުރި ގޮތުން ރެސްޓޯރެންޓުގެ އޯނަރާއި ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނެވެ. 

އެ ރެސްޓޯރެންޓާއި މެދުގައި އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުން، މިއީ ކިހެނެއް އައި "އައިޑިއާ" އެއް ތޯވެސް އަހާލީމެވެ. 

ހިނިތުންވުމަކާއެކު މެނޭޖަރު ކިޔައިދިން ގޮތުގައި، މިއީ ސީދާ މެކްސިކަން ފުޑް އަށް ލޯބި ކުރާ މީހުންނަށް ޚާއްސަކޮށް ހުޅުވި ރެސްޓޯރެންޓެކެވެ. މެކްސިކަން ފުޑަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ ބާވަތެއްކަމުން އެ ބާވަތުގެ ރަަހަތަށް އާންމުންނާއި ހަމަޔަށް ފޯރުކޮށްދިނުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއްކަމަށް އޭނާ ކިޔައިދިނެވެ. އަދި އޮތެންޓިކް މެކްސިކަން ރަހަތައް ހުޅުމާލޭގައި ހުންނަ ލެ-އެމީގޯސްއިން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. 

ޓާކޯސް

އެ ރެސްޓޯރެންޓަކީ އާއިލާއާއި އެއްކޮށް އައިސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްވެސް ހަމަ ދެވަނަ އެއް ނެތް ފަދަ ތަނެކެވެ. 

އޭގެ އިތުރުން ރެސްޓޯރެންޓުގެ ލޮކޭޝަންއާއި ތަނުގެ ޕްރައިވެސީ ރަނގަޅުވުމާއެކު އެއީ "ގާލްފްރެންޑް" ގޮވައިގެން ނުވަތަ "ވައިފް" ގޮވައިގެން ޑިނާ ތަކަށް އައުމަށް އެއްވަނައިގެ ތަނެކެވެ. 

ލެ-އަމީގޯސް

ކޮންމެއަކަސް ލެ-އަމީގޯސްއިން ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެތަނުގެ ރަހަތަށް ވަރަށް މީރެވެ. ބުއިންތައް އެހާމެ މީރެވެ. ޑެސަރޓްވެސް ހަމަ އެހާ މީރެވެ. 

މިއީ މިހެން ބުނެލާ އެއްޗެއް ނޫނެވެ. މިއީ ހަމަ ތަޖުރިބާ ކޮށްލަން ރަނގަޅު ތަނެކެވެ. އަގުތައްވެސް ހުރީ އަތްފޯރާ ފަށުގައެވެ. 

"މެކްސިކަން ފުޑް" ކާހިތްވަންޏާ ލެ-އަމީގޯސް ވަރެއް ހަމަ ނެތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ