އިކޮނަމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް-- ފޮޓޯ: އިކޮނަމިކް މިނިސްޓްރީ
ހަބަރު
26 Sep 2022 | 09:37
ވޭތުވެދިޔަ 30 އަހަރުން ނުކުރެވުނު ކަންކަން ހަތަރު އަހަރުން މިދަނީ ކުރަމުން: ފައްޔާޟު

ވޭތުވެދިޔަ 30 އަހަރު ތެރޭގައި ސަރުކާރު ތަކުން ނުކުރެވުނު ކަންކަން މިސަރުކާރުން ހަތަރު އަހަރު ތެރޭގައި ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހދ.ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިންތިޚާބްވި ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވިކަމަށެވެ. މިގޮތުން އޭރު އިންޑިއާ ސަރުކާރާއެކު މަޝްވަރާތައްކޮށް އިންޑިއާގެ އެހީގައި މި މަސައްކަތް ކުރެވޭނެކަމުގެ ޔަޤީންކަން ލިބުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއާއެކު ފައްޔާޒު ވަނީ، އަދުގެ ސަރުކާރުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ދަރަނި އިންތިހާއަށް ބޮޑުވެފައި ވަނިކޮށްވެސް ސަރުކާރުން ލޯނު ނަގާ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ ދަރިންގެ ބޮލުގައި ދަރަނި އެޅޭނެ ކަމަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ އަނެއްކާވެސް "އެ ކުދިން ޖެހޭނީ މާލެއަށް އައިސް ގެއެއްގައި ގުލާނު ކުރަން" ކަމަށެވެ. އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގައި ރަށްރަށް ތަރައްގީ ކުރެވެމުން މި ދަނީވެސް ދަރަނި ނަގައިގެން ކަމަށް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް މަޑުކޮށްލެވިދާނެ ލިބޭ އެއްޗަކުން ފުއްދާލައިގެން ކުރިއަށް އޮތް އަދި ސަތޭކަ އަހަރުން މި އެއާޕޯޓް ހަދާލަން މަޑުކޮށްލަން. އެކަމަކު އަޅުގަނޑުމެން މި ނިންމީ ދަރަނި ނެގޭނެ ގާބިލުކަން ދިވެހިރާއްޖޭގައި ވެސް އެބަހުއްޓޭ. ރާއްޖޭގެ އިގްތިސާދު އޮތީ ބާރަށް ކުރިއަށް، މިއައި ގޮންޖެހުންތަކާއެކު ވެސް މިދަނީ އެ ކަންކަން ކުރަމުން" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ފާއިތުވި 30 އަހަރު ނުކުރެވުނު ކަންކަން މި ސަރުކާރުގެ ހަތަރު އަހަރުތެރޭގައި ކުރަމުންދާ ކަމަށާއި މިއީ ގަބޫލުކުރަން ބޭނުން ނޫނަސް ފެންނަން އޮތް ހަގީގަތް ކަމަށެވެ. އަދި ކޮވިޑާއެކު ކަންކަން ކުރިއަށް ގެންދަން ބޭނުންވި އެންމެ އަވަސް މިނުގައި ކުރިއަށް ނުގެންދެވުނު ކަމަށާއި ނަމަވެސް ރެޔާއި ދުވާލު އެ ކަންކަން ކާމިޔާބު ކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢޫއާއެކު މިހާރުވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ތިލަދުންމައްޗަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ފައްޔާޟު އިތުރަށް ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢޫއާއެކު އެ ސަރަޙައްދުގައި ގެސްޓްހައުސްތައް އިތުރުވެ، ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށާ، އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަސް ބޭރުކުރުމަށް ކުރަންޖެހޭ ޚަރަދުވެސް ކުޑަވެގެންދާނެކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުތަކަށް މި އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.