ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
26 Sep 2022 | 23:34
އެއްވެސް އިމެއްނެތި މިވަރަށް މުންކަރާތްތައް ފެތުރި ސަރުކާރު ހަޔާތުގައިވެސް ނުދެކެން: ޢަލީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރު ފަދައިން އެއްވެސް އިމެއް، މިނެއް ނެތް މިންވަރަށް މުންކަރާތްތައް ފެތުރި ފާޖިރު ސަރުކާރެއް މުޅި ހަޔާތުގައިވެސް ނުދެކެން ކަމަށް ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ. 

ޢަލީ ރަމީޒު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް ފަތުރަމުން މިދަނީ އެއްވެސް އިމެއް އަދި މިނެއް ނެތި ކަމަށެވެ. އަދި މިފަދަ ފާޖިރު ސަރުކާރެއް އޭނާގެ މުޅި ހަޔާތުގައިވެސް ނުދެކޭ ކަމަށް އަލީ ވިދާޅުވިއެވެ. 

"އެއްވެސް އިމެއް، މިނެއް ނެތް މިންވަރަށް މުންކަރާތާއި ފާހިޝް އަމަލުތައް ފެތުރި ފާޖިރު ސަރުކާރެއް، މި ނޫނީ މުޅި ހަޔާތުގައިވެސް އަޅުގަނޑު ނުދެކެން"

ޢަލީ ރަމީޒު 

ޢަލީ ރަމީޒު މީގެ ކުރިންވެސް ވަނީ ދިވެހި މުޖުތަމައުގައި އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތީގެ ވަބާގެ މައްސަލަ އާއި، ހަށި ވިއްކުން ފަދަ އެތައް ހަރާމް ކަމެއް އިންތިހާއަށް އިތުރުވެފައިވާއިރު އަދުގެ ސަރުކާރުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާތީ އެކި ފަހަރު މަތިން ކަންބޮޑުވުންފާޅުކޮށްފައެވެ. 

އަދި މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ، އަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ހަރާމް ކަންކަން މުސްލިމުންގެ ތެރޭގައި ފަތުރައި، އެފަދަ ކަންކަމަކީ އާދައިގެ ކަމަކަށް ހަދައި ރައްޔިތުން އެކަމަށް ހާނުވަން ކަމަށް ވިދާޅުވެފައެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ދެތިން މީހަކު އެފަދަ ފަރާތްތަކަށް ސަނާ ކިޔަމުންދާ ކަމީ ހިތާމަކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.    

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ