ޕެންޑާއެއް-- ފޮޓޯ: ގޫގުލް
ކުޅިވަރު
28 Sep 2022 | 06:26
ވޯލްޑް ކަޕް ހަދިޔާ އަކަށް، ޗައިނާގެ ފަރާތުން ޤަތަރު އަށް ބޮޑު ދެ ޕެންޑާ!

އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ޤަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މުބާރާތާއި ގުޅިގެން ޗައިނާގެ ފަރާތުން ޤަތަރުއަށް ބޮޑު ބިޔަ ދެ ޕެންޑާ ހަދިޔާ ކުރުމަށް ހަމަޖެހިއްޖެއެވެ. 

ޗައިނާއިން ޤަތަރު އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒޯ ޖިއާން ވިދާޅުވެފައިވާ ގޮތުގައި "ސުހައިލް" އަދި "ސުރައިޔާ" ނަމަކަށް ކިޔާ މި ދެ ޕެންޑާ އަންނަ މަހު ޤަތަރު އަށް އަންނާނެ ކަމަށެވެ. 

"މިއީ ޗައިނާގެ 1.4 ބިލިއަން މީހުންގެ ފަރާތުން ޤަތަރުގައި ބާއްވާ ވޯލްޑް ކަޕް އަށް ދިން ހަދިޔާއެއް. އަދި މިއީ ޗައިނާ އާއި ޤަތަރު އާއި ދެމެދު އުފެދިފައިވާ އެކުވެރިކަމުގެ ގުޅުމުގެ އައު ރަމްޒަކަށް ވެގެންދާނެކަން ޔަގީން" ޒޯ ޖިއާން ވިދާޅުވި އެވެ. 

ސުހައިލް އަކީ ގަލްފު ސަރަހައްދަށް ފެންނަން ހުންނަ ތަރިތަކުގެ ތެރެއިން އެންމެ އަލިގަދަ ތަރިއަށް ދެވިފައިވާ ނަމަށް ވާއިރު، ސުރައިޔާ އަކީ ތަރީގެ ކްލަސްޓަރ އެއް ކަމަށް ޕްލައިއަޑީޒް ކްލަސްޓަރ އަށް ދެވިފައިވާ ނަމެކެވެ. 

ފީފާ ވޯލްޑް ކަޕް އަށް ޗައިނާ ކޮލިފައި ނުވި ނަމަވެސް، އެގައުމުގެ ކުންފުނި ތަކުން އަންނަނީ އެ މުބާރާތަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ބައިވެރިވަމުންނެވެ. 

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް-ޘާނީ ޗައިނާގައި ކުރިއަށް ދިޔަ ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވެވަޑައިގެންނެވި ފަހުން، މެދު އިރުމައްޗާއިއެކު ޕެންޑާ ކޯޕަރޭޝަން އިފްތިތާހުކުރުމަށް ތައްޔާރު ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ