ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
28 Sep 2022 | 13:40
"އެއްޖިންސުން ގުޅުން ހިންގާ އާއްމު ކުރާ އިރުވެސް ބައެއް މީހުން ކަންބޮޑުވަނީ މަގުމަތީ ހުރި ގަހެއް ކަނޑައިގެން"

އެއްޖިންސުން ގުޅުން ހިންގައި އެކަން އާއްމު ކުރާ އިރުވެސް ބައެއް މީހުން ކަންބޮޑުވަނީ މަގުމަތީ ހުރި ގަހެއް ކަނޑާލައިގެން ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ފާޑުވިދާޅުވެއްޖެއެވެ. 

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ރައީސް ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވަން މިހާރު ވަނީ ނިންމަވާފައެވެ. 

އެހެންނަމަވެސް، އަދުގެ މުޖުތަމަޢުގައި އެންމެ އާއްމު ވެފައިވާ އެއް މައްސަލަ ކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމާއި އެކަން ޕްރޮމޯޓް ކުރުމުގެ މައްސަލައެއް މީގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު އެ މައްސަލަ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލާފައެވެ. 

އަދުގެ އެމްޑީޕީ ސަރުކާރުގެ މިފަދަ ސިޔާސަތު ތަކަށް ފާޑުވިދާޅުވެ ޢަލީ ރަމީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގައި އެކަން އާއްމު ކުރުމާއި، ބަނގުރާ ބޮއި އެކަން އިޝްތިހާރު ކުރުމާއި، ކޮރަޕްޝަން ތެރޭގައި ދައުލަތުގެ ބޮޑުންނާއި އާއްމުން ހައްދުފަހަނައަޅައި ގޮސްފައިވާއިރު، ބައެއް މީހުން ކަންބޮޑުވަނީ މަގުމަތީ ހުރި ގަހެއް ކަނޑާލައިގެން ކަމަށެވެ. 

"އަޅެ ފަހެ ހައިރާނެއް ނުވޭ ހެއްޔެވެ؟" ޢަލީ ރަމީޒު ސުވާލުކުރައްވާފައިވެއެވެ. 

ބަނގުރާ ބޮއި އެކަން އިޝްތިހާރު ކުރާކަމަށް ބުނެ ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ދާދި ފަހުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޖޯޖިޔާ އަށް ގޮސް ބަނގުރާ ފުޅިއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލީ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ބަނގުރާ ބުއިމަކީ އިސްލާމް ދީނުގައި ހަރާމް ކަމަކަށް ވާއިރު، ދިވެހިރާއްޖޭގެ ރައްޔިތަކަށްވެ ހުރެ އެފަދަ ކަމެއް ޕްރޮމޯޓް ކުރުމަކީވެސް ކުށެކެވެ. އެހެން ނަމަވެސް، ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހެއްގެ ފަރާތުން އެކަން ފެނިގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. 

މިފަދަ ދީނާއި ޚިލާފް ބޮޑެތި ނުބައި ކަންކަން އަދުގެ ސަރުކާރުގެ ޒައާމަތުގައި އާއްމު ވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.