ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--ފޮޓޯ: މަޖިލިސް
ހަބަރު
28 Sep 2022 | 14:21
އަމީނީމަގުން ގަސް ކެނޑުން ހުއްޓުވައިދޭން އެދި ރައީސް ނަޝީދު ކޯޓަށް!

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމަގުގައި ހުރި ބައެއް ބިޔަ ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށް ޝުނާނާ އެންޑް ކޯ އެލްއެލްޕީ، ލޯ ފާމުން ކުރި ޓުވީޓެއްގައި ބުނީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެތީ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ނިންމީ، އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ތިމާވެއްޓަަށް ކުރާނެތީ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ. 

އަމީނީ މަގުނަ ހަދަން ގަސްތައް ނެގުމާއި ކެނޑުމާއި ކޮށުން ހުއްޓާލައި އެކަމުގައި ދެވަނަ ވިސްނުމަކަށް ސަރުކާރުން ނުދާނަމަ އަމިއްލަފުޅަށް ޝަރީއަތަށް ވަޑައި ވަޑައިގަންނަވާނެ ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ސަރުކާރަށް އިންޒާރުވެސް ދެއްވާފައެވެ. 

އެގޮތުން އެދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގު ހެދުމުގެ ނަމުގައި އެ މަގުގެ ގަސްތައް ނަގާ ވާހަކައިގެ ކަންބޮޑުވުން މީގެ ކުރީންވެސް އެ މަނިކުފާނު މެންބަރުންނާއި އާންމުން ރައްޔިތުންގެ ސަމާލު ކަމަށް މަޖިލީޖުގެ ރިޔާސަތުގައި އިންނަވައިގެން ގެނެސް ދެއްވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނު އުންމީދު ކުރައްވަނީ އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީން އެކަމުގައި ދެވަނަ ވިސްނެވުމަކަށް ދާނެ ކަމަށާއި އެހެން ނުވެއްޖެ ނަމަ އެ މައްސަލާގައި ފަރުދެއްގެ ހައިސިއްޔަތުގައި އެ މަނިކުފާނު ދައުލަތާ ދެކޮޅަށް ޝަރީއަތަކަށް ވަޑައިގެން ދައުވާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

"އަޅުގަނޑު މީގެ ކުރީ ދުވަހެއްގައި އަމީނީ މަގުގައި ގަސްތައް ނަގަމުންދާ ވާހަކަ ދެންނެވިން. އަޅުގަނޑު ހިތުން އެކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް. އަޅުގަނޑު އުންމީދު ކުރަން އެކުންފުނިންނާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމާއި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެކަމަށް. އެހެން ނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫންގޮތެއް މިކަމުގައި ހަގީގަތުގައި ނެތް." 

ރައީސް މުހައްމަދު ނަޝީދު 

ސަރުކާރުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާރުޑީސީ އާއި އަމީނީ މަގުގެ މަސައްކަތް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އަޅާ ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.