ވީއައިއޭ އައު ރަންވޭ
ހަބަރު
28 Sep 2022 | 14:20
އަންނަ ހަފްތާގައި އެއާޕޯރޓްގެ އައު ރަންވޭ ބޭނުންކުރަން ފަށަނީ

އަންނަމަހުގެ 6 ވަަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)ން ބުނެފިއެވެ.

2017 ވަނަ އަހަރު އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތް ވަނީ ފަށައިފައެެވެ. އަދި 2018ވަނަ ޓެސްޓް ފްލައިޓްވެސް ވަނީ އައު ރަންވޭއަށް ޖައްސާއެވެ.

ވެލާނާ އިންޓަރނެޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންނެވެ. މި މަސައްކަތް ފަށާފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ.

ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ. 

ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ފެށުމާއި އެކު އަންނަމަހުގެ 6ވަނަ ދުވަހު ސީ ޕްލޭން ޓަރމިނަލްވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަަމަށް އެމްއޭސީއެލުން ބުނެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، 4 ފަންގިފިލާގެ އައު ސީ ޕްލޭން ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ، ރިސެޕްޝަން އޭރިއާގެ ގޮތުގައެވެ. އެގޮތުން މިހާތަނަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ހުރިހާ ޚިދުމަތްތައް ވަނީ އާ ޓަރމިނަލަށް ބަދަލުކޮށްފައެވެ. އެ ފްލީޓްގައި 57 ސީ ޕްލޭން ބޭނުންކުރަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.