މިނިސްޓަރު މައުސޫމް އަބްދުﷲ-- ފޮޓޯ: ސަން
ހަބަރު
29 Sep 2022 | 11:19
މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާ: ޑރ.މައުސޫމް

މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށާ މީގެތެރެއިން 3 ރިސޯޓް މިހާރު ވަނީ ހުޅުވިފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިފަދައިން ވިދާޅުވީ ޒޫމް މެދުވެރިކޮށް ކުރިއަށް ދިޔަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބެކް ފްރޮމް ދަ ބްރިންކް" މިމައުޟޫއަށް ކުރިއަށް ދިޔަ މި ސެމިނަރ ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ޤައުމުގެ ޖީޑީޕީގެ %47 ކަމަށްވާއިރު، ދައުލަތައް ލިބޭ އާމްދަނީގެ %46 އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީކަމަށެވެ. އެހެންކަމުން ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ވެގެން ދިޔައިރު، ބޯޑަރު ހުޅުވި ފަހުންވެސް ދުވަސްތަކެއްވަންދެން ފަތުރުވެރިކަން އޮތީ ވަރަށް ދަށުގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެހެން ގައުމު ތަކުގެ ބޯޑަރުތައް ހުޅުވި، 2021 ވަނަ އަހަރާއި ހަމައަށް އައި އިރު ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށެވެ. އަދި މީގެތެރެއިން 3 ރިސޯޓް މިހާރު ހުޅުވިފައި ވާއިރު، އަންދާޒާއަކީ މީގެފަހުން ކޮންމެ އަހަރަކު ފަތުރުވެރިކަމަށް 8000 އެނދު ނެރުން ކަމަށެވެ. 

މިއާއެކު މިނިސްޓަރ ވަނީ ރާއްޖެ އަންނަ އަހަރާއި ކުރިމަތިލާނީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންއާއި އެކުގައިކަމަށާ، މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.