ރައީސް ޔާމީން އާއި ޗައިނާގެ ރައީސް ޒީ ޖިންޕިންގް/ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Oct 2022 | 20:46
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެއް، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރާނަން: ރައީސް ޔާމިން

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެއްކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެގައުމުގެ ރައީސް ޒީ ޖިންޕިންގް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. އެ ތަހުނިޔާގައި އިދިކޮޅު އިއްތިހާދުގެ ލީޑަރިސްއާއި އާންމު މެމްބަރުންގެ ހެޔޮ އެދުންތައްވެސް ވަނީ އަރިސްކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. 

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުވާލައްވާ ރައީސް ޔާމީންގެ ތަހުނިޔާ މެސެޖުގައި ވަނީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުމަށް 50 އަހަރު ފުރިފައިވީނަމަވެސް ޗައިނާއާއެކު މީގެ 600 އަހަރު ކުރިން ގުޅުން އުފެދިފައިވާކަމަށް ތާރީހުގައި ފެންނަން އޮތް ކަމަށެވެ. 

ޗައިނާއާއި ދިވެހިރާއްޖެއއި ދެމެދުގައި އުފެދުނު ގުޅުން ވަރުގަދަ ވުމުގެ އަސްލަކީ ޗައިނާއިން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ފޯރުކޮށްދޭ އެހީތެރިކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ އެ މެސެޖުގައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެ މަގަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. 

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ޒައާމަތުގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. 

އޭގެ ތެރޭގައި ރައީސް ޔާމީންގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ މާލެ އާއި ހުޅުމާލެ ގުޅާލަދިން ބްރިޖަކީ ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ މަޝްރޫއެކެވެ. އަދި އެ ބިނާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި ދެ ގައުމުންވެސް ގެންދަނީ ސިފަކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ