ފައްޔާޒު ޕާކިސްތާނު ޓެލެތޯން ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ:ޕީ.އެސް.އެމް
ހަބަރު
01 Oct 2022 | 20:39
ހާލުގައި ޖެހޭ ކޮންމެ ފަހަރަކު ޕާކިސްތާނުގެ އެހީތެރިކަން ލިބޭ، މިއީ އިހުސާސްތެރިކަން އަދާކުރަންވީ ވަގުތު: ފައްޔާޒު

ދިވެހިރާއްޖެ އަވައްޓެރި ގައުމުތަކުގެ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު ޕާކިސްތާނުގެ އެހީތެރިކަން ދިވެހިންނަށް ލިބޭކަމަށާއި، މިއަދު އެ ގައުމަށް ދިވެހިންގެ އެހީތެރިކަން ބޭނުންވެފައިވާއިރު، މި ވަގުތަކީ އިހުސާންތެރިކަން އަދާކުރަންވީ ވަގުތުކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ "ހެލްޕް ޕާކިސްތާން" ޓެލެތޯން ފެށުމަށް ބޭއްވި ޚައްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. 

އެ ހަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވަނީ ތާރީހުގައި ޕާކިސްތާނުން ދިވެހިންނަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމަށްވެސް އަލިއަޅުވާލައްވާފައެވެ. 

ފައްޔާޒު ވިދާޅުވީ ޕާކިސްތާނަކީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ކުރިއެރުވުމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ގައުމެއްކަމަށެވެ. އޭގެތެރޭގައި ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތުތައް އެ ގައުމުން ފަހިކޮށްދެމުން ދިއުމާއި، ކޯވިޑް ނަވާރައިގެ ހައްސާސް ދަނޑިވަޅުގައި އެ ގައުމުން ވެ ދެއްވާފައިވާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވަނީ މިއިން ޒަމާނަކު އެ ޤައުމު ދެކިފައިނުވާ ފަދަ ހިތްދަތި ޙާލަތެއް ކަމަށެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މުޅި ޤައުމު ސުންނާފަތިވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތުކަމަށެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން އަވައްޓެރި ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ. އަދި ދިވެހިންގެ ހެޔޮ ދުއާ އަބަދުވެސް ޕާކިސްތާނުގެ ރައްޔިތުންނާއި އެކުގައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ހެލްޕް ޕާކިސްތާނު" ގެ ނަމުގައި ޚާއްސަ ޓެލެތޯންއެއް ފަށާފައިވާއިރު، އެއީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ. 

"ހެލްޕް ޕާކިސްތާން" ޓެލެތޯނަކީ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުމެއްކަމަށާއި، ޓެލެތޯން އެއް ދުވަހަށް ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިސްތާނަށް އެހީވުމަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްއޮތްތަނުގައި ހިންގާނެކަމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.