ޝެއިޚް އަބްދުﷲ ބިން މުހައްމަދު
ހަބަރު
02 Oct 2022 | 09:52
ޢަރަބިއްޔާ އަށް ދިން ބިމުގައި އިތުރު ސުކޫލެއް އަޅާތީ ފާޑުވިދާޅުވެއްޖެ!

ޢަރަބިއްޔާ ސުކޫލުގެ އައު ޢިމާރާތް އެޅުމަށް ދިން ބިމުގައި އިތުރު ސުކޫލެއް އަޅާކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

މީގެ 8 އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދު އަޅައި، އެ އިމާރާތް ބޭނުންކުރުން ނުރައްކަލަަކަށްވާ މިންވަރަށް އިމާރާތަށް ގެއްލުން ލިބުމާ ގުޅިގެން އެ އިމާރާތުގައި އަރަބިއްޔާ ދަރިވަރުން ކިޔެވުންވަނީ ހުއްޓާލާފައެވެ.

މިހާރު ވަގުތީ ގޮތުން އަރަބިއްޔާގައި ކިޔަވަމުންދާ 800 އެއްހައި ދަރިވަރުން ކިޔެވުން ކުރިއަށްގެންދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ.

އަދި އަރަބިއްޔާގެ ދަރިވަރުންނަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، އަދި އެޑިއެކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު އަލީ ވައުދުވެވަޑައިގެންފައިވާއިރު، އެ ދަރިވަރުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އަޅާނެ ބިމެއްގެ ގޮތުގައި ބާ ޖަމާލުއްދީން ބިން ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ވަނީ މިދިޔަ މާރިޗު މަސްތެރޭ ހާމަކޮށްފައެވެ. 

އެހެން ނަމަވެސް، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު، ބާ ޖަމާލުއްދީންގެ އިމާރާތުގައި ސުކޫލު އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލު ކުރެވުނު އިރު ހަވާލުކޮށްފައި ވަނީ، އަރަބިއްޔާގެ ސުކޫލުގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތްވެސް އެތަނުގައި އަޅާށެވެ. 

އެކަމަށް ފާޑުވިދާޅުވެ، ޝެއިޚް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައުޖަމާލުއްދީންގެ ބިން، ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށްޓަކައި ދެއްވި ޚަބަރު އަޑުއެހިތާ އަދި އަހަރެއްވެސް ނުވަނީސް، ފެނިގެން މި ދިޔައީ އެބިމުގައި 2 ސްކޫލް އެޅުމުގެ ވާހަކަ ކަމަށެވެ. 

"ދެން އިވޭނީ އެއަރޕޯޓް އަޅާވާހަކަ ތޯއްޗެކެވެ!" ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ. 

ނާ ޖަމާލުއްދީން ގައި އަރަބިއްޔާ އައު އިމާރާތާއި، ޖަމާލުއްދީން އެނެކްސް އެޅުމުގެ މަޝްރޫއުގެ އަގަކީ 168.53 މިލިއަން ރުފިޔާއެވެ. އެ ދެ ސުކޫލުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ވުމާއެކު އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް ނިންމައި 2024ގެ ދެވަނަ ޓާމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މި ޕްރޮޖެކްޓްގެ ދަށުން އަރަބިއްޔާގެ އައު އިމާރާތުގައި 40 ކްލާސްރޫމް، މަލްޓިޕާޕަސް ހޯލް، ހަތަރު ލިފްޓް އަދި ވައްޒަފުން ޕާކުކުރާނެ ޕާކިން އޭރިއާއެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ބުނަންޖެހޭ
ތި ތަނުގައި އަދި އެޑިއުކޭޝަން މިނިސްޓަރު އައިސާ ނާޗަރަންގީ ކުޅޭނެ ޖަގަހައެއްވެސް ހަދާނެ. ބަލަން ތިބެއްޗޭ. އަދި ނައިބުރައީސް ހުންނާނެ ޕެލަސްއެއްވެސް އަޅާނީ ތިތަނުގަ.
03 Oct 2022
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.